ބޮޑު ނުރައްކަލެއް! ބިރުވެތިވޭ!: ފޭރާން ލައިގެން ހުއްޓަސް ގައިގެ މިވެނިތަނެއްގަ ލަފެއް އިންކަމާ އެމީހަކު އެންމެ ބޮޑަށް ކަންބޮޑުވާ ކަންތައް އެނގެނީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ބޮޑު ނުރައްކަލެއް! ބިރުވެތިވޭ!: ފޭރާން ލައިގެން ހުއްޓަސް ގައިގެ މިވެނިތަނެއްގަ ލަފެއް އިންކަމާ އެމީހަކު އެންމެ ބޮޑަށް ކަންބޮޑުވާ ކަންތައް އެނގެނީ ކީއްވެ؟: މުފްތީ މެންކް

ސިޙުރުވެރިންގެ ގާތަށް ދިއުމުން މުސްލިމުންގެ ތެރެއިން ގިނަ ބައަކަށް އެމީހުންގެ އީމާންކަން ގެއްލި ދީނުން ބޭރުވެވޭ ހިސާބަށް ކަންކަން ދަނީ ނުވެސް އެނގިތިއްބައެވެ. މިވާހަކަތައް މިހާ ގިނައިން ދައްކަން މިޖެހެނީ އެހެންވެގެންނެވެ. ރަނގަޅަށް އަޑުއަހާށެވެ!

ސިހުރުވެރިއެއް ގާތަށް ކަމަކު ދާއިރަށް ވަރަށް ފަހޭހަކަމާއިއެކު ފުރަތަމަވެސް ބުނާނީ އެމީހެއްގެ ގައިގައި އިންނަ ކޮންމެވެސް ކަމެކެވެ. މިސާލަކަށް ބުރަކަށީގެ މިވެނިތަނެއްގައި ލަފެއް ނުވަތަ އުމެއް ފަދަ އެއްޗެއް އިންނަ ކަމަށް ބުނެފާނެއެވެ. އަދި ބައެއް ފަހަރު އެމީހަކު މިދުވަސްވަރު އުޅެނީ މިވެނި ކަންކަންކަމާ ކަންބޮޑުވެގެން ކަމަށް ބުނެފާނެއެވެ.

މިފަދަ ވާހަކައެއް ބުނުމުން އެމީހާއަށް ހީވާނީ ސިހުރުވެރިޔާއަކީ ޣައިބު އެނގޭ މީހެއް ކަމަށެވެ. ނޫންނަމަ އޭނާގެ ބުރަކަށީގައި އިން ކަމެއްގެ ވާހަކަ ނުއެނގޭނެ ކަމަށެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެމީހާގެ އީމާންކަން ގެއްލިގެން ދިއައީ އެވެ. ނުވަތަ އީމާންކަމުން ބޮޑުބައެއް އުނިވީއެވެ. އެހެނީ ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް ޣައިބު އެނގޭ ކަމަށް ޤަބޫލުކުރުމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާން ނުވެވޭ ކަމުގެ ހެއްކެކެވެ.

މީސްތަކުންނޭވެ! އޭނާ އެބުނި ބަސް ދިމާވަނީ އޭނާއަށް އެއްވެސް ކަމެއް އެނގިގެނެއް ނޫނެވެ. އޭނާ އާއި ގުޅިގެން އުޅޭ ޖިންނި ބުނެދިނުމުންނެވެ. ނަމަވެސް އެމީހާ އެވާހަކަ ބުނާނީ އޭނާގެ މޮޅުކަމުން އެކަން އެނގުނީ ކަމަށް ހަދައިގެންނެވެ. އޭނާއަށް ލިބިފައިވާ ޢިލްމަކުން އެނގުނީ ކަމަށް ހަދައިގެންނެވެ. އެއީ ވަރަށް ބޮޑު އޮޅުވައިލުމެކެވެ.

މިފަދަ ވާހަކަތައް ދައްކާފައި ދެން ވެސް ހަދާނީ އެންމެ ބޮޑު ދޮގެވެ. އެއީ އެމީހާއަށް ބޮޑު ސިހުރެއް ޖެހިފައިވާ ކަމަށް ބުނެ ހަދާ ދޮގެވެ. އަދި އެވަރުންވެސް ނުފުއްދާނެއެވެ. އެސިހުރު ހެދީ މައިދައިތަ ފަދަ ޢާއިލީ މީހެއް ކަމަށް ވެސް ބުނެފާނެއެވެ. އެ ހަދަނީވެސް ބޮޑު ދޮގެކެވެ. ބޭނުމަކީ ޢާއިލާގެ މެދުގައި ފިތުނަ އުފެއްދުމެވެ.

ޖިންނިއެއް ތެދެއް ބުނާނީ ހާހަކުން ފަހަރަކުއެވެ. ދެން ހަދާނީ މުޅިންވެސް ދޮގެވެ. ޖިންނި ބުނާބަސް ޤަބޫލުކުރަން ނުވާނީ އެ ސަބަބަށްޓަކައެވެ. ސިހުރުވެރިޔާ އެދައްކަނީ އޭނާގެ އަމިއްލަ ވާހަކައެއް ނޫނެވެ. ޖިންނި ބުނާ ބަސްތަކެވެ. ޖިންނިންނަކަށްވެސް ހުރިހާ ކަމެއް ނުއެނގޭނެއެވެ. ނަމަވެސް ހުރިހާ ކަމެއް އެނގޭ ކަމަށް ހަދާނެއެވެ.

މީސްތަކުންނޭވެ! ވިސްނުންތެރިކަމާއިއެކު ޖިންނި ސޫރަތުގެ ތަފްސީރު ކިޔައިލާށެވެ! މި ކިޔައިދިން ވާހަކަތަކުގެ ތެދުކަން އެނގިގެންދާނެއެވެ. ވީމާ އިމާންކަން ހިފެހެއްޓުމަށްޓަކައިވެސް ސިހުރުވެރިންގެ އެހީތެރިކަން ނުހޯދާށެވެ! އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެން ހިނގައިދާނެއެވެ. ދުނިޔެ ގެއްލިގެން ހިނގައިދާނެ ކަމަށް މިބުނަނީ ސިހުރުވެރިޔށާ ބުނާ ބަސް ޤަބޫލުކުރެވުމުގެ ސަބަބުން ޢާއިލީ ދިރިއުޅުންވެސް ރޫޅިގެން ހިނގައިދާނެތީއެވެ. ރަޙިމުގެ ގުޅުންވެސް ކެނޑިގެން ހިނގައިދާނެތީއެވެ. އާޚިރަތް ގެއްލިގެން ހިނގައިދާނެ ގޮތް ކުރިން ކިޔައިދީފީމެވެ.

ކޮންމެ ފަދަ ކަމެއް ކުރިމަތިވި ނަމަވެސް އިސްލާމް ދީނުގައި ސާބިތުވާށެވެ! ﷲ ތައާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރާށެވެ! ސިހުރުވެރިންގެ ކިބައިން އެއްވެސް އެހީތެރިކަމެއް ހޯދުމަކީ އިސްލާމް ދީނުގައި މަނާކުރައްވަވާފައިވާ ކަމެއްކަން އަބަދުވެސް ހިތުގައި ބާއްވާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން