ގިނަ ޘަވާބު ހޯދައިގެން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ހޯދަން ބޭނުންވި މީހަކު ފުރުޞަތުގެ ބޭނުންހިފިގޮތް- އެންމެންނަށްވެސް ކުރެވެން އޮތް، ކުރަންޖެހޭވެސް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ގިނަ ޘަވާބު ހޯދައިގެން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ހޯދަން ބޭނުންވި މީހަކު ފުރުޞަތުގެ ބޭނުންހިފިގޮތް- އެންމެންނަށްވެސް ކުރެވެން އޮތް، ކުރަންޖެހޭވެސް ކަމެއް!

އެއީ މީހަކު އަލަށް އިސްލާމްވި ރެއެކެވެ. އެތަނުގައި ތިބި އެންމެން ﷲއަކްބަރު ކިޔައި އުފާކުރިއެވެ. އޭނާއަށް މަރުޙަބާކިޔެވެ. އެކަންކަން ކޮށްފައި އެންމެން ދިއައީއެވެ. ނަމަވެސް އެކަކު މަޑުކޮށްގެން ހުށްޓެވެ. 

އެންމެން ގޮސް ނިމުމުން އެމީހާ އޭނާއާއި ބައްދަލުކޮށް އޭނާ ދިރިއުޅޭ އެޑްރެސް އޮޅުންފިލުވިއެވެ. ސަބަބެއް ކަމަށް އޭނާ ބުނީ ފަތިސްނަމާދަށް މިސްކިތަށް ގެންނަން ބޭނުންވާތީކަމަށެވެ. 

އެވަޜުން ހުއްޓައިލީއެއް ނޫނެވެ. އެއީ އެންމެ ފިނި މޫސުމެވެ. އެހެންކަމާއިއެކުވެސް ވަޤުތުޖެހުމުގެ މާކުރިން އެމީހާ ގޮސް އޭނާއާއި ބައްދަލުކުރިއެވެ. ވުޟޫކުރަން ދަސްކޮށްދީ ވުޟޫކުރުވިއެވެ. ގޮވައިގެން މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދުކުރުވިއެވެ. 

އެނގޭހެއްޔެވެ؟ މިކަންކަން ކުރަން އޭނާ އެފިނި މޫސުމުގައިވެސް އައީ 40 މިނިޓް ދުއްވާފައެވެ. ވީމާ އެއީ ކައިރި ހިސާބެއްގައިވެސް ދިރިއުޅޭ މީހެއް ނޫނެއް ނޫންހެއްޔެވެ؟ އެހެންކަމަށްވާއިރު އެމީހާ އެކުރި ބުރަ މަސައްކަތަށް ﷲ ތަޢާލާ ދެއްވަވާނެ ޘަވާބު ނިކަން ދެކިބަލާށެވެ! 

މިއަދު ވިސްނައިލަންވީ އަހުރެމެންގެ ޙާލަތަށެވެ! ޢާއިލާގެ މީހުންނާއި އެކުވެރިން ލައްވައި ފަތިސްނަމާދު ނުވަތަ އެނޫން ނަމާދުތައް ކުރުވަން ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ފޯނުކޮށްލައި އެކަކު އަނެކަކަށް އެބަހަނޑާންކޮށްދެވޭ ހެއްޔެވެ؟ 

ކުރިން މިކިޔައިދިނީ ކާފިރު ޤައުމެއްގައި ދިރިއުޅޭ މުސްލިމަކު ޢަމަލުކުރިގޮތެވެ. އަހުރެމެން ދިރިއުޅެމުން މިއަންނަނީ މުސްލިމް ޤައުމުތަކުގައެވެ. އިސްލާމް ދީނަށް ނަޞްރުދޭން އަހުރެމެންނަށް މިކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ 

- މަޢުލޫމާތު: ޝައިޚް މުޙައްމަދު ނަޤްވީގެ ދަރުސަކުން

މިއަދު އޮންލައިން