ކީރިތި ޤުރްއާނާއި އެހެން ފޮތްތަކުގެ ތަފާތު-

ކިޔުމަށް ހޭދަވާނީ 5މ 2ސ
ކީރިތި ޤުރްއާނާއި އެހެން ފޮތްތަކުގެ ތަފާތު-

ޢާއިޝަތު ރަފާޙް ޢަލީ

ކުރު ތަޢާރަފެއް:

ކީރިތި ޤުރްއާނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ނަބިއްޔާ ޞައްލަ ﷲ އަލައިހި ވަސައްލަމަށް ބާވައިލެއްވި ފޮތެވެ. އެއީ ހިދާޔަތް ދެއްކެވުމަށް ބާވައިލެއްވެވިފޮތެވެ. މިފޮތް ބާވައިލައްވަވާފައިވަނީ ޢަރަބިބަހުންނެވެ. އަދި މިއީ ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރި ކުރައްވާ މުތަވާތިރުކޮށް ބާވައިލައްވާފައިވާ ފޮތެކެވެ. މުޞްހަފްތަކުގައި ލިޔެވިގެން ކިޔެވުން ހެޔޮކަމެއް ކަމުގައި ލައްވާ، ފާތިޙާ ސޫރަތުން ފަށައިގެން ނާސި ސޫރަތައް ނިމޭ ފޮތެކެވެ. 

މީސްތަކުންނަށް ބަދަލުނުކުރެވުނު އަދި ބަދަލުނުވެސް ކުރެވޭނެ ފޮތަކީ ކީރިތި ޤުރްޢާން: 

ﷲ ތަޢާލާ ފޮނުއްވި އެހެން ފޮތްތައް ވަނީ އިންސާނުން ބަދަލުކޮށްފައެވެ. ކީރިތި ޤުރްއާނަކީ ބަދަލުކުރެވޭނެ ފޮތެއް ނޫނެވެ. އަދި އެއީ އަޅުގަނޑުމެންގެ ދުސްތޫރެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 79 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

فَوَيْلٌ لِّلَّذِينَ يَكْتُبُونَ الْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ اللَّهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ ﴿٧٩﴾‏

މާނައީ: "ފަހެ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ اللَّه ގެ حضرة ން ބާވައިލެއްވި ފޮތޭ ބުނާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ. (އެއުރެން އެކަންކުރަނީ) ކުޑައަގެއް އެއަށް ގަތުމަށްޓަކައެވެ. ފަހެ، އެއުރެންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން، އެއުރެންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އަދި އެއުރެން ހޯދައިގަންނަ ތަކެތިންވެސް، އެއުރެންނަށް ގެއްލުމާއި ހަލާކުހުށްޓެވެ. (79)" 

ދެވަނަ ކަމަކަށް ކީރިތި ޤުރްއާންގައި ކުރީގައި އިޚްތިލާފުވާ ބައެއް މައްސަލަތައް ބަޔާންކޮށްދެއްވަވާފައި ވެއެވެ. އެގޮތުން ޢީސާ ޢަލައިހިއްސަލާމް ޞަލީބަށް އެރުވި އަވަހާރަކޮށްލެވުނު ކަމަށް ނަޞާރާއިން ޤަބޫލުކުރެއެވެ. ނަމަވެސް ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އެކަމުގެ ޙަޤީޤަތް ބަޔާންކޮށްދެއްވާފައިވެއެވެ. ﷲ ތަޢާލާ ނިސާ ސޫރަތުގެ 157 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا ﴿١٥٧﴾‏

މާނައީ: "އަދި، ހަމަކަށަވަރުން، ތިމަންމެން اللَّه ގެ رسول، مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު، قتل ކޮށްފީމުއޭ އެއުރެން ބުނުމުގެ ސަބަބުންމެއެވެ. އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. އަދި، އެއުރެން އެކަލޭގެފާނު صليب އަކަށްވެސް ނާރުވައެވެ. އެހެނެއްކަމަކު (އެއުރެން قتل ކޮށް صليب އަށް އެރުވީ އެހެންމީހެކެވެ.) އެމީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެއުރެންނަށް ފެނުނީއެވެ. ހަމަކަށަވަރުން، އެކަލޭގެފާނާމެދު خلاف ވީ މީހުންވަނީ، އެކަމާމެދު شك އެއްގައިކަން ކަށަވަރެވެ. ހީޔަކަށް تبع ވުން މެނުވީ، އެކަމާމެދު އެއުރެންނަކަށް އެނގުމެއްނެތެވެ. އަދި ހަމަ يقين ން، އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. (157)"

މިއަދު އޮންލައިން