އަޅުކަމުގައި ދެމިތިބުމަށް ﷲ ތައާލާ އަށް ޢަހްދުވުމަށްފަހު ޢަހްދު އުވާލައި ފަހަތަށް ދިއުން- މުސްލިމުން ސަމާލުވާންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
އަޅުކަމުގައި ދެމިތިބުމަށް ﷲ ތައާލާ އަށް ޢަހްދުވުމަށްފަހު ޢަހްދު އުވާލައި ފަހަތަށް ދިއުން- މުސްލިމުން ސަމާލުވާންޖެހޭ ކަމެއް!

މައްކާގައި އުޅުނު މޮޔަ އަންހެނާ ފަދަ ބައަކަށް ނުވުމަށް ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އެކަން އެނގޭ ހެއްޔެވެ؟ އެބަ ޢަމަލުކުރެވޭހެއްޔެވެ؟: 

"އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: ޢަހްދު ތަކުގެ ބާރު ލިބިގަތުމަށްފަހު، އެ ޢަހްދުތައް އުވައިލާ ބައަކު ކަމުގައި ތިއަބައިމީހުން ނުވާށެވެ!) ތިއަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށްޓަކައި އޮތް އެއްޗެއްކަމުގައި، ތިއަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއްބައަކު، އަނެއްބައަކަށްވުރެ ގިނަބައަކުކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން، اللَّه، ތިއަބައިމީހުން އެކަމުން އިމްތިޙާން ކުރައްވަތެވެ. އަދި ތިއަބައިމީހުން، ޚިލާފްވެ އުޅުނުކަންތައް، ޤިޔާމަތް ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ." (ނަޙްލް ސޫރަތުގެ 92) 

މިއީ މައްކާގައި އުޅުނު މޮޔަ އަންހެނެއްގެ ވާހަކައެވެ. އޭނާ ކުރާ ކަމަކީ އޭނާ ގެންގުޅޭހައި ތަކެތި ރޮދިފަށަކުން ބަންނަނީއެވެ. ބަނުމަށްފަހު މޮހެލައި އަލުން އަތުރައި ތަރުތީބުކުރުމަށްފަހު އަނެއްކާވެސް ބޮނޑިކޮށްލުމަށްފަހު ރޮދިފަށުން ބަންނަނީއެވެ.

މިއާޔަތުގެ ތަފްސީރު ހާމަކުރައްވަމުން ޢިލްމްވެރިން ބަޔާން ކުރައްވަވަނީ އަޅުކަމުގައި ދެމިތިބުމަށް ﷲ ތައާލާ އަށް ޢަހްދުވުމަށްފަހު ޢަހްދު އުވާލައި ފަހަތަށް ދިއުން ކަމަށެވެ. ﷲ ތައާލާ އަންގަވާފައި އެވަނީ އެގޮތަށް އެކަން ނުކުރުމަށް ކަމަށެވެ. 

ނަމާދުގައި ކިޔާ ދުޢާއުލްއިފްތިތާޙްގައި އަޅުގަނޑުމެން އެތައް ވައުދުތަކެއް ވަމުއެވެ. ނަމަވެސް އަމަލުތަކުން އެކަމެއް ނުދެއްކެއެވެ. ރަމަޟާން މަހު ވީ ވަޢްދުތައް ކޮބައިހެއްޔެވެ؟ އެ ވަޢްދުތަކަށް އެބަ ޢަމަލުކުރެވޭ ހެއްޔެވެ؟ ވީއިރު މިއާޔަތަށް އެބަ ޢަމަލުކުރެވޭ ހެއްޔެވެ؟ 

ފަހުދިހައިގެރޭތަކުގައި ފާފަފުއްސެވުން އެދި ގިނަގިނައިން ދުޢާކުރަމުއެވެ. ކުރިއަށް އޮތްތަނުގައި ހެޔޮ ޢަމަލުކުރުން ގިނަކުރުމަށާއި ފާފަ ނުކުރަން މަސައްކަތްކުރަން ވަޢުދުވަމުއެވެ. އެކަމަކު ރަމަޟާން މަސް ނިމުމުން އެކަންކަން ތިމާގެ ހަނދާނުގައި ހުރޭހެއްޔެވެ؟ 

ގިނަ ބައެއްގެ ޢަމަލުތަކަށް ބަލައި ﷲ ތައާލާއަށް އަޅުކަންކުރަން އިއްޔެ ހުރި ރޫޙް މިއަދު ނެތްކަމަށް ބުނެވިދާނެއެވެ. އެހެނީ ރަމަޟާން މަހު މިސްކިތްތައް ފުރި ބާރުވެގެންދިއައެވެ. ޢަރަފާތު ދުވަހު ރޯދަހިފައި އަޅުކަންކުރި މީހުން ގިނަވެގެންދިއައެވެ. އަދި މިއުޅެނީ އަހަރުދެބައިވެސް ނުވެގެންނެވެ. މިއަދު މިފެންނަނީ ރަމަޟާން މަހު ފެނުނު މަންޒަރެއް ނޫނެވެ. ރަމަޟާން މަހު ހުރި ރޫޙާއި ގާތަކަށްވެސް އަޅުކަން ކުރެވެމުންދާތަނެއް ނުފެއެވެ. 

މިހައި އަވަހަށް މިފަދަ ބޮޑު ބަދަލެއް އައިސފައި މިވަނީ އެގޮތަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ޢިލްމުވެރިން ނަޞޭޙަތް ދެއްވަމުން ދެންދަވަނިކޮށް އިލްތިމާސްކުރައްވަމުން ގެނަދަވަނިކޮށެވެ. އެހެންކަމުން މިހައި އަވަހަށް މިހައި ބޮޑު ބަދަލެއް އައުމުން އުފެދޭ ސުވާލަކީ ރަމަޟާންމަހު ކުރި އަޅުކަމުން ލިބުނު އެއްވެސް މިންވަރެއް ޢާޚިރަތަށް ގެންދަން ލިބޭނެ ހެއްޔެވެ؟ ނޫނީ ދާނީ ހަމަ ބާކީވެގެން ހެއްޔެވެ؟ 

މީސްތަކުންނޭވެ! އަޅުގަނޑުމެންނަކީ ރޯދަމަހުގެ ކަލާނގެއަކަށް ނުވަތަ ހުކުރު ދުވަހުގެ ކަލާނގެއަކަށް އަޅުކަންކުރާ ބައަކަށް ވެގެންނުވާނެއެވެ. އަޅުގަނޑުމެން ވާންޖެހޭނީ ހުރިހާ ދުވަސްތަކެއްގައި، ހުރިހާ ޒަމާނެއްގައި އަހަރެމެންގެ ހުރިހާ އަމަލުތަކަށް ބައްލަވައިވޮޑިގެންވާ ކަލާނގެއަށް އަޅުކަންކުރާ ބައަކަށެވެ. އެހެންކަމުން އަޅުކަން ކުރަން ޖެހޭނީ ވަކި މަހެއްގައި، ވަކި ދުވަހެއްގައެއް ނޫނެވެ. ހުރިހާ ދުވަހަކުއެވެ. 

މިފަދަ ވާހަކަތައް އަބަދުވެސް ދެއްކެއެވެ. ހުރިހާ ޢިލްމުވެރިންވެސް ދައްކަވައެވެ. އެއީ މީސްތަކުންނަށް ހަނދުމަކޮށްދީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އަޅުކަން ކުރުންމަތީގައި ދެމިތިބުމަށް މީސްތަކުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ހަނދާންކޮށްދިނުމަކީ އަބަދުވެސް ކުރަންޖެހޭ ކަމަކަށްވާތީއެވެ. 

ކަންކަން މިހިސާބަށް ދިއައިރު ރޯމާ ދުވާލު މަގުމަތިން ފޭރުން ފަދަ ބޮޑެތި ކުށްތައް ކުރުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އިހަށް ދުވަހުވެސް ސައިކަލެއްގައި އައި ދެމީހަކު ޤައުމީ ޔުނިވަރސިޓީ ކުރިމަތިން މީހެއްގެ ވޮލެޓް ފޭރިގަތީ ރޯމާދުވާލު މެންދުރު އެންމެންގެ ކުރިމަތީގައެވެ. 

- ޝައިޚް ޢަލީ ރިޟާ ގެ ދަރުސަކުން

 

މިއަދު އޮންލައިން