ހެނދުނު ލުނބޯ ފެން ބުއިމުން ހަންގަނޑު ރީތިކުރަންވެސް ބަރުދަން ލުއިކުރަންވެސް ކިޑްނީގަ ހިލައުފެދުމުން ސަލާމަތްވެހުންނަންވެސް އަދި މިނޫންވެސް އެތައް ފައިދާތަކެއް ކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
ހެނދުނު ލުނބޯ ފެން ބުއިމުން ހަންގަނޑު ރީތިކުރަންވެސް ބަރުދަން ލުއިކުރަންވެސް ކިޑްނީގަ ހިލައުފެދުމުން ސަލާމަތްވެހުންނަންވެސް އަދި މިނޫންވެސް އެތައް ފައިދާތަކެއް ކުރޭ!

އުންމު ނަވާރު

 

ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ކުޑަ ބަދަލަކުންވެސް ސިއްހަތަށް ވަރަށް ފައިދާ ގެނުވަފާނެއެވެ. ލުނބޯ ފެނުން ދުވަސް ފެށުމަކީ އޭގެން ސިއްހަތަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އަޖުމަ ބަލާލަން ލުނބޯ ފެނުން ދުވަސް ފަށަމާ ހިގާށެވެ. 

ކްލެވީންޑް ކްލިނިކްގައި މަސައްކަތް ކުރައްވާ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ރޮކްސާން ބީ ސުކޯލް ވަނީ ހެނދުނު ލުނބޯ ފެން ބުއިމުގެ އާދަ ގެންގުޅެން ވިސްނަން ޖެހޭ ބައެއް ސަބަބުތަކައި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. 

މި ވާހަކައިގައި ޑޮކްޓަރ ފަހަގަ ކުރެއްވި ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.

1. ހަޖަމް ކުރުމަށް އެހީތެރިވުން:

ލުނބޯ ފެން ބުއިމުން ކާއެއްޗެހި ހަޖަމް ކުރުމަށް ފަސޭހަވެގެންދެއެވެ. ލުނބޯއަކީ އެސެޑިކް އެއްޗެކެވެ. އެސެޑިކްއިން ކާއެއްޗެހި ހަޖަމް ކުރަން އެހީތެރިވެދެއެވެ. އަލުގަނޑުމެން ބަނޑުގައި އެސެޑިކް އެހާ ގިނައިން ހުންނަނީ މިހެންވެއެވެ. އުމުރުން މަތިވަމުން ދާވަރަކަށް ބަނޑުގައި ހުންނަ އެސެޑިކް މިންވަރު ދަށްވެއެވެ. ވީމާ ލުނބޯ ފެން މިވެގެންދަނީ ބަނޑުގެ އެސެޑިކް ލެވެލް ސަޕްލިމެންޓް ކުރުމަށް އެހީތެރިވެދޭ އެއްޗަކަށެވެ.

2 ހަންގަނޑު ޑީހައިޑްރޭޓް ކޮށްދިނުމަށް އެހީތެރިވުން (ހަންގަނޑު ހިކުމުން ރައްކަތެރިކޮށްދިނުން):

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ނަކީ އެކަށީގެންވާ ވަރަށް ފެން ނުބޮވޭ ބައެކެވެ. އެކަށީގެންވާ މިންވަރަށް ފެން ނުބޮވޭނަމަ ހަންގަނޑު ޑީހައިޑްރޭޓްވާ ގޮތް ވާނެއެވެ. ލުނބޯއަކީ ހަށިގަނޑު ޑީހައިޑްރޭޓް ކޮށްދިނުމަށް ރައްކާތެރި ވުމަށް އެހީތެރިވާ އެއްޗެކެވެ. ކޮންމެ ދުވަހަކު ލުނބޯ ފެން ބުއިމުގެ އާދަ ހަރު ލައްވާފިނަމަ ހަށިގަނޑު ޑީހައިޑްރޭޓް ވުމުން ދުރުކޮށް ދެވިދާނެއެވެ. އެކަށީގެންވާ މިންވަރަށް ފެން ބޮވޭނަމަ ކުޑަކަމުދާ އެއްޗެހީގެ ކުލަ ހުންނާނީ ސާފު ކޮންނެވެ.

3. ބަރުދަށް ލުއިކޮށް ދިނުމަށް އެހީތެރިވެ ދިނުން: 

ލުނބޯއިން ބަރުދަށް ލުއި ކޮށްދޭކަށް ސާބިތުކޮށްދޭ އޮއްޓަރު ހުރި ދިރާސާއެއް ނުފެނުނެވެ. ނަމަވެސް ހެނދުނު ހެދުނާއި ހަކުރު އަޅައިގެން ތައްޔާރުކޮށްފައިވާ ބުއިންތަކުގެ ބަދަލުގައި ކޮންމެ ދުވަހަކު ލުނބޯ ފެން ބުއިމުން ބަރުދަށް ލުއިވުމަށް މަގުފަހިވާނެއެވެ. 

4. ހަށިގަނޑަށް ވިޓަމިން ސީ ފޯރުކޮށްދިނުން:

ލުނބޯއިން ވިޓަމިން ސީ ލިއްބައިދެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދީ އަދި ސެލްތައް މަރާމާތު ކޮށްދިނުމަށް އެހީތެރިވާ މާއްދާއެކެވެ. ފެނުގެ ތެރެއަށް ލުނބޯ ފަޅިއެއްގެ ޖޫސް އެއްކޮށްލުމުން ކެއުމަށް އިތުރުވާނީ އެންމެ 6 ކެލޮރީއެވެ. މިހެން ކަންތައް ކުރުމުން ދުވާލަކު ހަށިގަނޑަށް ބެނުންވާ ވިޓަމިން ސީ ގެ ހަބައިކުޅަށް އެއްބަޔަށް ވުރެން ގިނަ ވިޓަމިން ސީ ހަށިގަނޑަށް ލިބޭނެއެވެ. 

5. ހަށިގަނޑަށް ޕޮޓޭސިއަމް ލިއްބައިދިނުން:                             

ޕޮޓޭޝިއަމް އާ ނުލައި ހަށިގަނޑަށް މަސައްކަތް ނުކުރެވޭނެއެވެ. މިއީ ނާރު އަދި މަސްތަކުގެ ކޮމިއުނިކޭޝަންއަށް، ނިއުޓްރިއެންޓްސް ޓްރާންސްޕޯޓް ކުރުމަށާއި ކުނި އަދި ލޭގެ ޕްރެޝަރު ރެގިއުލޭޓް ކުރުމަށް ބޭނުންވާ މާއްދާއެކެވެ. ޕޮޓޭސިއަމް އެންމެ ގިނައިން ލިބޭ ބާވަތްތަކުގެ ތެރޭގައި މޭވާ އާއި ތަރުކާރީ ހިމެނެއެވެ. 

6. ކިޑްނީގައި ހިލަ އުފެދުމުން ރައްކަތެރިކޮށްދިނުން: 

ލުނބޯ ފެން ބުއިމުން ޔޫނިރަރީ ސިޓްރޭޓް ( ސިޓްރިކް އެސިޑްގެ ވައްތަރެއް ) މަދުވާ މީހުންގެ ކިޑްނީގައި ހިލަ އުފެދުން ރައްކާތެރިކޮށްދެއެވެ. ޑީހައިޑްރޭޝަންގެ ސަބަބުން ކިޑްނީގައި ހިލަ އުފެދެން މެދުވެރިވެއެވެ. ވީމާ ގިނައިން ދިޔާ އެއްޗެހި ބޯން އާދަ ކުރަންޖެހެއެވެ.

ބައެއް ކަހަލަ ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް ލުނބޯ ފެން ބުއިމުން އުނދަގޫތައް ދިމާވެއެވެ. ލުނބޯ ފެން ބޭނުން ކުރާއިރު މިކަމަށް ސަމާލުވުން މުހިއްމުއެވެ.  

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.

 

ލިޔުނީ: އުންމު ނަވާރު

މަސްދަރު

https://health.clevelandclinic.org/7-reasons-to-start-your-day-with-lemon-water-infographic

 

 

 

 

މިއަދު އޮންލައިން