ﷲ ނޫން އެތައް ފަރާތަކަށް، އެތައް ކަމަކަށް އަޅުވެތިވެގެން ތިބި މުސްލިމުން ގިނަވެއްޖެ! ތިބާގެ ޙާލަކީ ކޮބައިތަ؟: ޑރ. ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ﷲ ނޫން އެތައް ފަރާތަކަށް، އެތައް ކަމަކަށް އަޅުވެތިވެގެން ތިބި މުސްލިމުން ގިނަވެއްޖެ! ތިބާގެ ޙާލަކީ ކޮބައިތަ؟: ޑރ. ނޫމާން ޢަލީ ޚާން

މިއަދުގެ ޙާލަތަށް ބަލައިފިނަމަ މިނިވަން ޤައުމެއްގައި ދިރިއުޅުމަކުން ނުވަތަ މިނިވަން ޤައުމެއްގެ ރައްޔިތަކަށްވުމަކުން އެމީހަކީ އަދި މިނިވަނަކަށް ނުވެއެވެ. ގިނަ ބައަކަށް އެމީހުންނަކީ އަޅުވެތިވެގެން ތިބި ބައެއްކަން ނުވެސް ވިސްނެއެވެ. ތިމާ އަޅުވެތިކޮށްފައިވަނީ ކޮން އެއްޗެއްކަމެއް ނުވަތަ ކޮން ކަމަކަށްކަންވެސް ނުއެނގެއެވެ. މިއީ ވަރަށް ދެރަކަމެކެވެ!

މިއަދު އެންމެ ގިނަ ބައަކު އަޅުވެތިކުރަމުން ގެންދަނީ މަޝްހޫރު ބްރޭންޑްތަކެވެ. އެމީހަކު ތާއީދުކުރާ ކުޅިވަރު ކްލަބްތަކެވެ. އެމީހަކު ތާއީދުކުރާ ކުޅިވަރު ކުޅުންތެރިޔާއެވެ. އައު އީޖާދުތަކެވެ. ބާޒާރަށް ނުކުންނަ އައު ފޯނުތަކެވެ. ތިބާގެ ސޯޝަލް މީޑިއާ އެކައުންޓްތަކެވެ.  

ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށްވުރެ މިބުނި ކަންކަމަށް އަޅުވެތިކަންބޮޑު އެތައް ބައަކު މުސްލިމުންގެ ތެރޭގައިވެސް އެބަ އުޅެއެވެ. އަހުރެންގެ ސުވާލަކީ އެމީހުންގެ އިސްލާމްދީންކަން ކޮބައި ހެއްޔެވެ؟  

މިބުނި ކަންކަމަށް އަޅުވެތިވުމުން އެމީހުންނަށް ކުރާ ޙަޤީޤީ އެއްވެސް ފައިދާއެއް ނެތްކަން އެމީހުންނަށް ރަނގަޅަށް އެނގޭއިރުވެސް އެގޮތަށް ކަންތައްތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ކަށަވަރުން އެކަންކަމުގެ ސަބަބުން ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެމީހަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ.  

ތަނަވަސްކަން ހުރިނަމަ ކާރުވެސް ގެންގުޅެންވީއެވެ. ނަމަވެސް އެއީ ކޮންމެހެން އެންމެ ފަހުގެ އެންމެ އަގުބޮޑު ކާރަކަށްވާކަށް ނުޖެހެއެވެ. ސްމާޓްފޯނުވެސް ގެންގުޅެންވީއެވެ. ނަމަވެސް އެއީ ކޮންމެހެން އެންމެ ފަހުގެ އެންމެ އަގުބޮޑު ފޯނަކަށްވާކަށް ނުޖެހެއެވެ. 

ހަމަކަށަވަރުން ބޭކާރުގޮތުގައި ދުނިޔޭގެ ޒީނަތްތެރިކަމަށް ހޭދަކުރުން މުސްލިމުންނަށް ހުއްދަވެގެނެއް ނުވެއެވެ. މުސްލިމުންނަށް އޮތީ ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ. އިސްރާފުނުކޮށް ޞަދަޤާތްކުރުމެވެ. އާޚިރަތަށް ފައިދާކުރާނީ އެއިރުންނެވެ.  

- ޑރ. ނޫމާން ޢަލީ ޚާން

މިއަދު އޮންލައިން