އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހު: ނަންފުޅާ ނަސަބުފުޅާ އިސްލާމްވެވަޑައިގަތުން-

ކިޔުމަށް ހޭދަވާނީ 2މ 48ސ
އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހު: ނަންފުޅާ ނަސަބުފުޅާ އިސްލާމްވެވަޑައިގަތުން-

ޢަލީ އިޙްޞާން ފިރާޤް

 

أبو أيّوب الأنصاري رضى اللّـه عنــه އަކީ އަންޞާރިއްޔަ ޞަޙާބީންގެ ތެރެއިން ވަރަށް ދަރަޖަ މަތިވެރި ބޭކަލެކެވެ. އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ މަދީނާގެ ޚަޒްރަޖުވަންހައަށެވެ. އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ خَالِدُ بن زَيْد بن كُلَيْب އެވެ. ނަސަބުފުޅުގެ ސިލްސިލާއަކީ خالد بن زيد بن كليب بن ثعلبة بن عبد بن عوف بن غنم بن مالك بن النجار بن ثعلبة بن عمرو بن الخزرج އެވެ.

އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ خَالِدُ بن زَيْد ކަމުގައި ވިޔަސް އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ ކުންޔަތުގެ ނަންފުޅުކަމުގައިވާ أبو أيّوب الأنصاري ގެ ނަންފުޅުންނެވެ.

أبو أيّوب الأنصاري رضى اللّـه عنــه ގެ މައިކަނބަލުންގެ ނަންފުޅާމެދުގައި ތާރީޚުގެ އެދުރުންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. އުސުދުލް ޣާބާގައި ވާގޮތުން އެކަލޭގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ هند بنت سعيد بن عمرو އެވެ. އިބްނު ސަޢުދު ބަޔާން ކުރައްވައިވަނީ އެކަމަނާގެ ނަންފުޅަކީ زهراء بنت سعد بن قيس ކަމަށެވެ.

އިސްލާމްވެވަޑައިގަތުން:

أبو أيّوب الأنصاري رضى اللّـه عنــه މަދީނާގެ އަހުލުވެރިންކުރެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވުމުގެ ނަސީބު ހާސިލުރެއްވި ބޭކަލެކެވެ. އަލްބިދާޔަތު ވައްނިހާޔަތުގައި ވާގޮތުން އެކަލޭގެފާނު ޢަޤަބާގެ ދެވަނަ ބައިޢަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޢަޤަބާގެ ދެވަނަ ބައިޢަތުގައި ބައިވެރިވެވަޑައިގެންނެވީ މަދީނާގެ ހަތްދިހަ އަންޞާރުންނެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ކުރެއްވި ހިޖްރައިގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ އެކަލޭގެފާނު ޤާއިމުވެވަޑައިގެން ހުންނެވީ ޤުބާގައެވެ. އެކަލޭގެފާނު ޤުބާގައި ފަސްވަރަކަށް ދުވަހު މަޑުކުރެއްވިއެވެ. އެއަށްފަހު މަދީނާއަށް ވަޑައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ޚިދުމަތްކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވީ أبو أيّوب الأنصاري رضى اللّـه عنــه އަށެވެ.

 

- ޢަލީ އިޙްޞާން ފިރާޤް  

 

މިއަދު އޮންލައިން