އެއީ ކޮންމެ މީހަކުނަމަވެސް (ކިތަންމެ ބޮޑު ޢިއްޒަތްތެރިއެއް ނަމަވެސް، ކިތަންމެ ބޮޑު މަޤާމެއް ފުރާފައި ހުރި މީހަކުނަމަވެސް) އަދި އެނޫން މީހަކު ނަމަވެސް ޤަޞްދުގައި 3 ހުކުރު އަޅައިފިނަމަ އެމީހެއްގެ ހިތުގައި ﷲ ތަޢާލާ ސިލުޖައްސަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!
ﷲ ތަޢާލާ އެމީހެއްގެ ހިތުގައި ސިލުޖެއްސެވުމުން އެމީހެއްގެ ހިތުގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އެއްވެސް ބިރުވެތިކަމެއް ނުއޮންނާނެއެވެ. ޙައްޤު އެއީ ޙައްޤުކަމަށް ޤަބޫލެއްވެސް ނުކުރެވޭނެއެވެ. އެމީހަކަށް ކުރިއަށްދެވޭނީ ޝައިޠޯނާގެ މަގުންނެވެ. ކުރިއަރުވަން ަމސައްކަތްކުރެވޭނީ ޝައިޠޯނާގެ މަގެވެ.
ހުކުރަށް ނުގޮސް ހުރުމާއި ހުކުރުވަޤުތު ނިދާފައި އޮތުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. ހުކުރު ދުވަހު މެންދުރުނަމާދުކޮށްލުމުން ފުދޭނީ ޝަރުޢީ ޢުޛުރެއް އޮވެގެން ހުކުރުނަމާދުގެ ޖަމާޢަތަށް ނުދެވުނު ނަމައެވެ.
ބަހަނާތައް ދައްކައި ހުކުރަށް ނުގޮސް މުޅި އުމުރު ހޭދަކުރާ މީހުން މި ޙަދީޘްފުޅަށް ޤިޔާމަތް ދުވަހު ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟
HADITH ON MISSING THREE CONSECUTIVE JUMMAH
It was narrated from Abu Al-Ja’d Ad-Damri-who was a Companion of the Prophet (ﷺ)- that the Prophet (ﷺ) said:
“Whoever missed three jumu’ahs out of negligence, Allah (SWT) will place a seal over his heart.
Grade: Hasan (Darussalam)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން