މިއަދު އަޅުގަނޑުމެން މުޅި އިސްލާމީ އުންމަތް މިފާހަގަކުރަނީ ހިޖުރީ އައު އަހަރެއްގެ ފެށުމެވެ. ހިޖުރައިގެ މުހިންމު، އެންމެ ފައިދާ ބޮޑު މާނައަކީ އެމީހެއްގެ ޢަމަލުތައް އިޞްލާޙްކުރުމެވެ. އިސްލާމް ދީނުގެ މަގުގައި ޘާބިތުވެ ހުންނަން މިހާރު ނުކުރެވި ހުރި ކަންކަން ކުރަން ފެށުމެވެ.
އެގޮތުން ބަލައިފިނަމަ އަޅުގަނޑުމެންނަށް އޮތް އެންމެ މުހިންމު އެއްކަމަކީ އިސްލާމް ދީނަށް ލޯބިނުކުރާ އެކުވެރިންނާއި ދުރުހެލިވުމެވެ. އެފަދަ މީހުންނަށް ތާއީދުކުރުން ހުއްޓައިލުމެވެ. އެކަން ކުރެވިއްޖެނަމަ އެކަން ވެގެންދާނީ ﷲ ތަޢާލާގެ މަގުގައި ކުރެވޭ މަތިވެރި ހިޖުރައަކަށެވެ.
ތިމާ ދީނުގެ އަޅުކަންތައް ތިމާ ކުރަމުން އެކަންކަމަށް ލޯބިނުކުރާ، އިސްލާމް ދީނަށް ލޯތްބެއް ކުލުނެއް ނެތް މީހުންނަށް ތާއީދުކޮށް، އެމީހުންނަށް ރުހި، އެމީހުންނާއިއެކުގައިވުމަކީ ވަރަށް ނުރައްކައުތެރިކަމެއްކަމަށް ދީނުގެ ޢިލްމުވެރިން ހާމަކުރައްވަވައެވެ. ސަބަބަކީ އެފަދަ މީހަކާއިއެކު ނުވަތަ ބައަކާއިއެކު މަޙްޝަރު ކުރައްވަވައިފިނަމަ އެމީޙެއްގެ އާޚިރަތް ގެއްލިގެން ހިނގައިދާނެކަމެވެ.
އެމީހެއްގެ ހިތުގައި އިސްލާމް ދީނަށް ލޯބި އޮތް މީހަކުނަމަ އެމީހަކު ވާހުށީ އިސްލާމް ދީނަށް ލޯބިކުރާ މީހުންނާއިއެކުގައެވެ. އެމީހަކުގެ އެކުވެރިން ކަމުގައި ބަލާނީވެސް އިސްލާމް ދީނަށް ލޯބިކުރާ މީހުންނެވެ. އިސްލާމް ދީނަށް ލޯބިނުކުރާ ބައެއްގެ ކިބައިން ތިމާއަށް ކޮށްފާނެ ނުރަނގަޅު އަސަރަށް ބިރުވެތިވާނެއެވެ. އެފަދަ މީހުންގެ ތެރެއިން ވުމަށް ގަަދއަޅައި މަސައްކަތްކުރާށެވެ!