ދުނިޔެއިން ޙާޞިލްނުކުރެވުނު ކަންކަމަށް ނުވެސް ވިސްނާށެވެ! އާޚީރަތަށް ތައްޔާރުވާ މީހަކަށްވުމުން އެއޮތީ ހުރިހާ ކަމެއް ކާމިޔާބުކުރެވިފައެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދުނިޔެއިން ޙާޞިލްނުކުރެވުނު ކަންކަމަށް ނުވެސް ވިސްނާށެވެ! އާޚީރަތަށް ތައްޔާރުވާ މީހަކަށްވުމުން އެއޮތީ ހުރިހާ ކަމެއް ކާމިޔާބުކުރެވިފައެވެ! އިން ޝާ ﷲ:  މުފްތީ މެންކް

ފުރަތަމަ ކަމަކަށް ބަލައިލަންވީ ދުނިޔެއަށް އެދެވުން އެހައި ބޮޑުވާ ސަބަބަށެވެ. ހަމަ އެންމެ ސަބަބެކެވެ. ދުނިޔެ ޒީނަތްތެރިކޮށްފައި ޝައިޠޯނާ މީސްތަކުންނަށް ދައްކާކަމެވެ. އެންމެ މުހިންމު ކަމަކީ ދުނިޔެ ކާމިޔާބުކުރުންކަން ވިސްނައިދޭކަމެވެ.  

ޝައިޠޯނާ ދައްކާ ދަޅަތަކުގައި ޖެހެވި އަހުރެމެންގެ ތެރެއިން ގިނަ ބައަކު ތެޅިފޮޅޭތަން މިފެންނަނީ ދުނިޔަވީ ކޮންމެވެސް ކަންތައްތަކެއް ޙާޞިލުނުކުރެވިގެންނެވެ. އެހެނަސް ދުނިޔަވީ އެއްވެސް ކަމެއް ޙާޞިލު ނުކުރެވިގެން ނުވަތަ ދުނިޔެއިން ކުރަން ބޭނުންވާ ކަމެއް ނުކުރެވިގެން ހަމައެކަކުވެސް ކަންބޮޑުނުވާށެވެ!  

އެއީ ޤިޔާމަތް ދުވަހު އެކަންކަމަށް ސުވާލުނުކުރައްވަވާނެތީއެވެ! ކަންބޮޑުވުން އޮތީ އާޚިރަތް ކާމިޔާބުކުރަން ކުރަންޖެހޭ ކަންކަން ނުކުރެވިއްޖެ ނަމައެވެ. އެއީ އެކަންކަމަށް ﷲ ތަޢާލާ ސުވާލުކުރައްވަވާނެތީއެވެ!  

މީސްތަކުންނޭވެ! ދުނިޔަވީ ކަންކަމުގައި އަބަދުވެސް ފޭލްވާނެއެވެ! ކުރަން ބޭނުންވާ ހުރިހާ  ކަމެއް ހަމަ އެކަކަށް ވެސް ކާމިޔާބެއް ނުކުރެވޭނެއެވެ. އެއީ މިއީ ދުނިޔެ ކަމަށްވީތީއެވެ. އަހަރެމެންނަކީ އިންސާނުން ކަމުގައިވީތީއެވެ. ވީމާ ދުނިޔަވީ ކަންކަމުގައި ފޭލްވުމަކީ ހިތާމަކުރަން ޖެހޭ އަދި ބިރުގަންނަން ޖެހޭ ވެސް ކަމެއް ނޫނެވެ.  

ދުނިޔަވީ ކަމެއްގައި ފޭލްވެއްޖެނަމަ އެނގެންވީ އިތުރަށް ދަސްކޮށް އަދި ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމެވެ. ފޭލްވުމަކީ ތިބާގެ ސިފަ އަނގައިދޭ ކަމެއް ނޫނެވެ. ޙަޤީޤަތަކީ އެކަމުގެ ސަބަބުން ފިލާވަޅުތަކެއް ލިބިގެންދާ ކަމެވެ.  

ކަންބޮޑުވުން އޮތީ، އަދި ހިތާމަކުރަން ޖެހޭނީ އާޚިރަތް ހޯދަން ކުރާ މަސައްކަތުގައި ފޭލްވެއްޖެ ނަމައެވެ. އާޚިރަތް ހޯދަން ކުރާ މަސައްކަތް ކާމިޔާބު ނުކުރެވިއްޖެ ނަމަ އެވެ. ވީމާ ދުނިޔެއިން ކަންކަން ޙާޞިލުކުރަން ކުރާ މަސައްކަތުގައި ފޭލްވި ނަމަވެސް މާޔޫސްވެ އާޚިރަތް ހޯދަން ކުރާ މަސައްކަތުގައި ދޫނުދޭށެވެ! އެ މަސައްކަތް އިތުރުކޮށް ފުރިހަމަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!  

ދުނިޔަވީ ކަންކަމުގައި ފޭލްވި ނަމަވެސް ސަލާމަތުން ހުރެވޭނެއެވެ. ނަމަވެސް އާޚިރަތް ޙާޞިލުކުރުމުގައި ފޭލްވެއްޖެ ނަމަ ސަލާމަތެއް ނުވެވޭނެއެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަން ޖެހޭނީ އާޚިރަތް ހޯދުމަށެވެ! 

- މުފްތީ މެންކްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން