ތިމާކުރަން މަސައްކަތްކުރާ ކަންކަން ކާމިޔާބުވުމަށާ އުފާވެރިކަން ލިބުމަށް އެދޭމީހާ އެއްވެސް ޙާލެއްގައި އުންމީދު ކަނޑާލައިގެން ނުވާނެ 2 ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ތިމާކުރަން މަސައްކަތްކުރާ ކަންކަން ކާމިޔާބުވުމަށާ އުފާވެރިކަން ލިބުމަށް އެދޭމީހާ އެއްވެސް ޙާލެއްގައި އުންމީދު ކަނޑާލައިގެން ނުވާނެ 2 ކަންތައް!

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް (ކޮންމެ މުސްލިމަކީވެސް) ﷲ ތަޢާލާގެ ރަހްމަތްފުޅަށް އެދިއެދި ހުންނާނެ މީހެކެވެ. ރަނގަޅު ގޮތްތައް މެދުވެރިވުމަށްވެސް އެދިއެދި ހުންނާނެ މީހެކެވެ. އެހެންކަމަށްވާއިރު އެއްވެސް ޙާލެއްގައި އުންމީދު ކަނޑާނުލައި ހިފަހައްޓަން ޖެހޭ 2 ކަމެއްވެއެވެ. 

އެއީ: 1 ﷲ ގެ ރަޙްމަތާއިމެދު އުންމީދު ކަނޑާނުލުން - 2 ކުރާ ދުޢާ އިޖާބަކުރައްވަވާނެކަން ޔަޤީންކުރުމެވެ.! 

މި 2 ކަންތަކުގައި ކެތްތެރިކަމާއިއެކު ސާބިތުވެ ހުރެއްޖެ މީހަކަށް އަބަދުވެސް ދާނީ ރަނގަޅު ގޮތްތައް މެދުވެރިވަމުންނެވެ! އިން ޝާ ﷲ 

"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ." (ޣާފިރު: 60) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން