ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިނަމަވެސް އެއްވެސް މީހަކު ތިބާގެ ގާތަށް އައިސް އެހީތެރިވެދޭނެކަމަށް ހީވެސް ނުކުރާށެވެ. އެކަމަށް އުންމީދުވެސް ނުކުރާށެވެ! އެއިގެ ބަދަލުގައި ﷲ ތަޢާލާ ތިމާއަށް އެހީތެރިވެވޮޑިގަންނަވާނެކަމުގެ ޔަޤީންކަމުގައި ހުންނާށެވެ!
އެއްވެސް ކަމެއް ކުރިމަތިވުމުން މިޙާލަތުން ތިމާއަށް ސަލާމަތްވެވޭނީ ކޮންއިރަކުން ކަމާއިމެދު އެންމެ ކުޑަމިނުން އަމިއްލަ ނަފްސާއިވެސް ސުވާލުނުކުރާށެވެ! އެސުވާލު އަމާޒުއެކުރެވެނީ ﷲ ތަޢާލާއަށްކަމަށްވާތީއެވެ. އެއީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫންވީމައެވެ.
އަބަދުވެސް ދުޢާއަކަށް ހަދަންވީ:
"ޔާ ﷲ! މިދުނިޔޭގައިވެސް މިއަޅާއަށް ކަންކަން ފަސޭހަކޮށްދެއްވަވާނދޭވެ! އަދި އާޚިރަތް ދުވަހު ސުވަރުގެ ވައްދަވާނދޭވެ! ދުނިޔޭގައި ހުރުމުން މިއަޅާއަށް ފައިދާކުރާނެ ހުރިހާ ދުވަހަކު މިއަޅާ ދުނިޔޭގައި ލަހައްޓަވާނދޭވެ! ދުނިޔޭގައި ހުރުމުން މިއަޅާއަށް ފައިދާއެއް ނެތި ހިނދުކޮޅަކުވެސް މިއަޅާ ދުނިޔޭގައި ނުބަހައްޓަވާނދޭވެ! އާމީން.
- މުފްތީ މެންކުގެ ދަރުސަކުން