ކޮންމެ މީހަކަށްވެސް ދުނިޔޭގައި ހުންނަން މިލިބެނީ ވަރަށް މަދު ދުވަސްކޮޅެކެވެ. ވީމާ ދުނިޔޭގައި ހުންނަން މިލިބޭ މަދު ދުވަސްކޮޅުގައި އެންމެ ބޮޑަށް ބިރުވެތިވާންވީވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވީވެސް އެޢަމަލެއް ނުކުރުމުން މީހާ ފޭލްވެ ބަނގުރޫޓުވާނެ ޢަމަލަށެވެ. އެކަން ނުކުރެވި ފޭލްވެއްޖެނަމަ ދެންކުރި ހުރިހާ ޢަމަލުތަކެއް ފޭލްވެގެންދާނެ ޢަމަލަށެވެ.
ޢެޢަމަލަކީ ނަމާދެވެ. ޤިޔާމަތްދުވަހުން ﷲ ތަޢާލާ އެންމެ ފުރަތަމަ ސުވާލުކުރައްވަވާނީ، ޙިސާބުކުރައްވަވާނީ ނަމާދާއިމެދުގައެވެ. ނަމާދުން ފޭލްވެއްޖެނަމަ ދެން އެމީހަކު ކޮށްފައިވާ އެހެން އެއްވެސް ޢަމަލެއް ޤަބޫލުފުޅު ނުކުރައްވަވާނެއެވެ. އެހިސާބުން އެމީހަކު ފޭލްވީއެވެ.
ނަމާދަކީ ދީނުގެ ތަނބެވެ. ޤަޞްދުގައި ނަމާދުނުކުރީމާ ތަނބުފުނޑުފުނޑުވީއެވެ. އެމީހާގެ އިސްލާމްކަން އެހިސާބުން ފުނޑުފުނޑުވީއެވެ. އަޅާއާއި ކާފިރުކަމާއި ދެމެދުގައި ވަނީ ނަމާދު އެޅުމެވެ. ނަމާދަކީ މީހާއާއި ދީނާއި ދެމެދުގައިވާ އިންފާރެވެ. އެފާރުމުގުރިއްޖެނަމަ އެއީ މުސްލިމުންގެ ތެރޭގައި ގުނޭނެ މީހެއް ނޫނެވެ.
ޤަޞްދުގައި ނަމާދު އެޅުމުން އެމީހާ ދީނުން ބޭރުވެގެންދިއައީއެވެ. ވީމާ މުސްލިމް ނޫން މީހަކު ކުރާ ހެޔޮ ޢަމަލަކުން އާޚިރަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ގުޅުންހުރި ވީޑިއޯ: