ކިތަންމެ ބޮޑުކަމެއް ކޮށްދީފަ ނަމަވެސް އަނބި ދަރިންގެ ކިބައިންވެސް އެއްވެސް ބަދަލަކަށް ނޭދޭށެވެ! އެންމެ ކުޑަމިނުން ޝުކުރުވެރިވުމަށްވެސް އެދުމެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކިތަންމެ ބޮޑުކަމެއް ކޮށްދީފަ ނަމަވެސް އަނބި ދަރިންގެ ކިބައިންވެސް އެއްވެސް ބަދަލަކަށް ނޭދޭށެވެ! އެންމެ ކުޑަމިނުން ޝުކުރުވެރިވުމަށްވެސް އެދުމެއް ނެތެވެ!

ދުނިޔޭގައި ގިނަ ބައަކަށް އެހީތެރިވެ ޞަދަޤާތްދީ އުޅުނު މީހުންގެ ތެރޭގައި ޤިޔާމަތް ދުވަހު ހުސްއަތާ ގޮސް ތިބެންޖެހޭނެ ބައަކު ތިބޭނެއެވެ. އެއީ އެކަންކަން ކުރުމަށްފަހު އެމީހުންގެ ކިބައިން ބަދަލަށް އެދުނީތީއެވެ. ނުވަތަ ބަދަލެއް ލިބުމުގެ އުންމީދުގައި ކަންކަން ކުރެވުނީތީއެވެ.

ވީމާ ތިމާގެ ބެލުމުގެދަށުގައި ތިބި، ތިމާ ބަލަހައްޓަން ޖެހޭ، އަނބިދަރިންނަށް ނަމަވެސް އަދި އެއްވެސް މީހަކަށް ކިތަންމެ ބޮޑުކަމެއް ނުވަތަ ކިތަންމެ ކުޑަކަމެއް ކޮށްދިނުމަށްފަހުގައިވެސް އެންމެ ކުޑަމިނުން ޝުކުރުވެރިވުމަށް ވެސް ނުއެދޭށެވެ! އެކަން އެމީހަކަށް ދޫކޮށްލާށެވެ! ޝުކުރުވެރިވުންފަދަ ކިތަންމެ ކުޑަކަމަކަށް އެދުނަސް އެކަމުގެ ބަރަކާތްކެނޑި ހެޔޮކަން ގެއްލިގެންދިއައީއެވެ.

ކޮންމެ މީހަކަށް ކޮންމެ ކަމެއް ކޮށްދިން ނަމަވެސް ކޮށްދޭންވީ ﷲ ތަޢާލާގެ ވަޖުހަފުޅަށްޓަކައެވެ. ﷲ ތަޢާލާގެ ރުއްސެވުމާއި ޘަވާބަށް އެދިގެންނެވެ. އެއީ ދުނިޔޭގެ އެންމެންގެ ތަޢްރީފާއި ޝުކުރަށްވުރެ މާ އަގު ބޮޑު އެއްޗެކެވެ. މާފައިދާކުރާނެ އެއްޗެކެވެ.

ކޮންމެ މީހަކަށް ނަމަވެސް އެހީތެރިވެ ކަންކަން ކޮށްދޭންވީ އެމީހަކަށްޓަކައެއް ނޫނެވެ. އެމީހެއްގެ ކިބައިން ލިބިދާނެ މަންފާއަކަށް ބަލައިގެނެއްވެސް ނޫނެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތައި އެހީތެރިވުމަށް ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. "މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިއަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތަން" ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާތީއެވެ.

ހިތާމައަކީ ކަންކަން ކޮށްދިނުމަށްފަހު "ތިއައީ އެންމެ ކުޑަމިނުން ޝުކުރުވެރިވާން ވެސް ދަންނަ މީހެއް ނޫން" ކަމަށް ބުނެލާއަޑު އިވޭތީއެވެ.

"(ބުނަމުންނެވެ.) ތިމަންމެން ތިއަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހަ ފުޅަށްޓަކައެވެ. ތިއަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ." (އައްނިސާ: 9)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން