މީހަކު ތިބާދެކެ ލޯބިވާކަމަށް ބުނެފިނަމަ ވިއްދައިގެން ކުރަންޖެހޭ ސުވާލާ ޢަމަލުކުރަންޖެހޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މީހަކު ތިބާދެކެ ލޯބިވާކަމަށް ބުނެފިނަމަ ވިއްދައިގެން ކުރަންޖެހޭ ސުވާލާ ޢަމަލުކުރަންޖެހޭނެ ގޮތް-

އެއްވެސް މީހަކު ތިބާދެކެ ލޯބިވާކަމަށް ބުނެފިނަމަ ހިނިތުންވެލާށެވެ. ނަމަވެސް ޖަވާބުދިނުމުގެ ކުރިން މިސުވާލުކުރާށެވެ! 

"ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟" 

ސަބަބަކަށްވަނީ ލޯބިވުން މިއަދު މިއޮތީ މޫސުމީ ކަމަކަށްވެފައެވެ. އެއްދުވަސްކޮޅެއްގައި ލޯބިވާނެއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ފޫހިވާނެއެވެ. މަދު މީހަކު ނޫނީއެވެ. 

ސުވާލުގެ ޖަވާބުގައި ޢުމުރަށް ކަމަށް ބުނިނަމަވެސް އެކަން އެހައި ފަސޭހައިން ޤަބޫލުނުކުރާށެވެ. އެކަން ޢަމަލުން ދައްކަން ބުނާށެވެ! އެކަން ދެނެގަންނާނެ ގޮތެއްކަމަށް ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "ލޯބިވާކަމަށް ބުނެފިނަމަ ކައިވެނިނުކޮށް ހަށިގަނޑުގައި ނުބީހެވޭނެކަމަށް ބުނެފައި އެކަން ތަންފީޒުކުރާށެވެ! ލޯބިވާނަމަ އެކަން ޤަބޫލުކުރާނެއެވެ. ގައިގައި އަވަހަށް ބީހެން ބޭނުންވެ ކައިވެނިކުރުން އަވަސްކުރާނެއެވެ." 

އަހުރެމެންނަކީ މުސްލިމުންނެވެ. ލޯބިވުމުގައިވެސް އަދި އެހެން ކަންކަމުގައިވެސް ޢަމަލުކުރަން އޮތީ އިސްލާމްދީނުގައި އޮތްމަގުންނެވެ. އެއރުން އަނެކާ ތިބާދެކެ ފޫހިވެ ބާކީކޮށްލިޔަސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިބާއަށް ލިބި އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން

މިއަދު އޮންލައިން