"ކައިވެނިކުރީ ބައިވެރިޔާ ގޮވައިގެން އެކުގަ ދެމީހުން ސުވަރުގެދާން" ކަމަށް ކަނޑއަޅައި އެކަމަށް މަސައްކަތްކުރާނަމަ ދުނިޔެއާ އާޚިރަތުގަވެސް އުފާވެރިކަން ނޫން ކަމެއް ނެތް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
"ކައިވެނިކުރީ ބައިވެރިޔާ ގޮވައިގެން އެކުގަ ދެމީހުން ސުވަރުގެދާން" ކަމަށް ކަނޑއަޅައި އެކަމަށް މަސައްކަތްކުރާނަމަ ދުނިޔެއާ އާޚިރަތުގަވެސް އުފާވެރިކަން ނޫން ކަމެއް ނެތް! އިން ޝާ ﷲ

ކައިވެނީގެ ޙަޤީޤީ މަޤްޞަދަކީ "ކައިވެންޏަކީ ބައިވެރިޔާ ގޮވައިގެން، 2 މީހުން އެކުގައި ސުވަރުގެދާން ކުރާ ދަތުރެއް" ކަމަށް ހަދަން ދެމީހުންވެސް ޢަޒުމް ކަނޑައަޅައި އެކަމަށް މަސައްކަތްކުރާނަމަ ދުނިޔެއާއި އާޚިރަތުގައިވެސް އެދެމަފިރިންނަށް އުފާވެރިކަން ނޫން ކަމެއް ނެތެވެ އިން ޝާ ﷲ

މިވާހަކަ ވަރަށް ގިނަ ޢިބާރާތުން އެކިފަހަރުމަތިން ހާމަކުރަމެވެ. އެއީ ކައިވެންޏަކީ ކޮބައިކަމާއި ކައިވެނީގެ ބޭނުމާއި ބެހޭ ގޮތުން ކިޔުންތެރިން ވަރަށް ގިނައިން ސުވާލުކުރައްވާތީއެވެ.

ބުނެލަން އޮތީ ކައިވެންޏަކީ ކޮބައިކަން މިގޮތަށް (ފުރަތަަ މިބުނި ގޮތަށް) ބަޔާންކޮށްދޭން ކެރޭނީ ކިތައް އަންހެނުންނަށް ހެއްޔެވެ؟ ނޫނީ ކިތައް ފިރިހެނުންނަށް ހެއްޔެވެ؟ ނޫނީ ކިތައް ދެމަފިރިންނަށް ހެއްޔެވެ؟

ކައިވެނީގެ ޙަޤީޤަތަކީ މިއީ ކަމުގައި ހަދައިފިނަމަ އެ ދެމަފިރިއަކު މާޔޫސްވާން ޖެހޭނެ އެއްވެސް ކަމަކާއި މިދުނިޔޭގައިވެސް އަދި އެދުނިޔޭގައި ވެސް ކުރިމަތިލާކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ!

ކައިވެނިތައް ރޫޅި ޢާއިލީ މައްސަލަތައް ކުރިމަތިވަމުން މިދަނީ ކައިވެނިކުރުމަށްފަހު ކައިވެނީގެ ޙަޤީޤީ މަޤްޞަދު އޮޅުވައިލެވޭތީއެވެ. ދުނިޔޭގައި މަސައްކަތްކުރަންވީ ދެމަފިރިން އެކުގައި ލޯބިން އުޅުމަށެވެ. އެކަން ޙާޞިލުކުރެވޭނީ އެކަކު އަނެކަކަށް ތެދުވެރިވެ ވަފާތެރިވެގެންނެވެ. އުނިވެގެން މިއުޅެނީ އެކމެވެ.

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން