އިންސާނުންނަށް ފާޚާނާކުރަންޖެހުނު ސަބަބާ ފާޚާނާއިން ނުކުމެ ފާފަ ފުއްސެވުން އެދި ދުޢާކުރަން ޖެހޭ ސަބަބު!: ޝައިޚް އަބޫބަކުރު ޒައުދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އިންސާނުންނަށް ފާޚާނާކުރަންޖެހުނު ސަބަބާ ފާޚާނާއިން ނުކުމެ ފާފަ ފުއްސެވުން އެދި ދުޢާކުރަން ޖެހޭ ސަބަބު!: ޝައިޚް އަބޫބަކުރު ޒައުދް

ސުވަރުގޭގެ އަހުލުވެރިންނަކީ ފާޚާކުރަން ޖެހޭ ބައެއް ނޫނެވެ. ކިތަންމެ ގިނައިން ކައި ބޮއި ހެދި ނަމަވެސް މިދުނިޔޭގައި މިކުރާ ފަދައިން ފާޚާނާ ކުރާކަށް ނުޖެހޭނެއެވެ. އެތަކެތި އެމީހުންގެ ގައިން ބޭރުވަނީ ގޮމަކަސްތޫރީގެ މީރުވަސްދުވާ ދައުތިކިތަކެއް ފަދައިންނެވެ. އެއީ ސުވަރުގޭގެ އަހުލުވެރިންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ މަތިވެރި ނިޢްމަތެކެވެ.  

އާދަމްގެފާނަށާއި ހައްވާގެފާނަށްވެސް ވެސް ސުވަރުގޭގައި ތިއްބެވިއިރު މި މަތިވެރި ނުޢްމަތް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ﷲ ތަޢަލާ މަނާކުރެއްވެވި ގަހުން ފަރިއްކުޅުއްވެވުމުން ބިމަށް ފައިބައިވަޑައިގަންނަވަން ޖެހިވަދައިގަތުމުން ފާޚާނާ ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެހެންކަމުން ފާޚާނާ ކުރައްވަވަން ޖެހިވަޑައިގަތީ ކުރެއްވެވުނު ފާފައިގެ ސަބަބުން ބިމަށް  ފައިބައިވަޑައިގަންނަވަން ޖެހިވަޑައިގަތީތީ އެވެ.  

غُفْرَانَكَ، الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعَافَانِي 

ވީމާ ފާޚާނާއިން ނުކުމެފައި "ޣްފްރާނަކަ" ކިޔައި ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރާށެވެ.  

ފާޚާނާ ކުރެވުމަކީވެސް ނިޢްމަތެކެވެ. ފާޚާނާ ނުކުރެވޭނަމަ މީހަކަށް ކިތަންމެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެއެވެ. ޞިއްޙީ ގޮތުން ބޮޑެތި މައްސަލަތައްވެސް ކުރިމަތިވެދާނެއެވެ. ވީމާ ފާޚާނާ ކުރެވުމަކީ ﷲ ތަޢާލާއަށް ޝުކުރުވެރިވާން ޖެހޭ ކަމެކެވެ. 

ވީމާ ނަޖިހުން ތިމާގެ ހަށިގަނޑު ޠޯހިރުކޮށްދެއްވެވި ފަދައިން ފާފަތަކުން ތިމާގެ ހިތް ޠޯހިރު ކޮށްދެއްވެވުން އެދިވެސް ދުޢާކުރާށެވެ! ފާފަތަކުން ހިތް ފުރިއްޖެ ނަމަ އެމީހެއްގެ ދުވަސް އެދިއައީއެވެ.  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން