ތިމާއަށް މޮޅުގޮތެއް ހޯދަން ވެރިންގެ ގާތަށް ދިއުމުގެ ހުރި ނުބައިކަން ބޮޑުކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިމާއަށް މޮޅުގޮތެއް ހޯދަން ވެރިންގެ ގާތަށް ދިއުމުގެ ހުރި ނުބައިކަން ބޮޑުކަން އެނގޭހެއްޔެވެ؟

އެހެން ރައްޔިތުްނނަށްވެސް ނުލިބޭ ކަމެއް ތިމާއަށް ލިބިގަންނަން ބޭނުންވެގެން ވެރިންގެ ކިބައިން އެހީތެރިކަމަށް އެދިގެން ދިއުން މިހާރު މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. އެކަމުގެ ޙުކުމަށް ބަލައިލަނީވެސް ވަރަށް މަދު މީހެކެވެ.

ވެރިންގެ ކިބައިން އެއްވެސް ކަމަކު އެދިގެން ދިއުމެއް ނެތެވެ. ހުރިހާ ރައްޔިތުންނަށް ވެރިކަމުން ފޯރުކޮށްދޭ ކަމެއް ލިބިގަންނަން މެނުވީއެވެ. އެކަމުގައި އިސްލާމް ދީނުގެ ޙުކުމް މުސްލިމުންގެ 2 ވަނަ ޚަލީފާ ޢުމަރުގެފާނު ވަނީ ބަޔާންކޮށްދެއްވަވައިފައެވެ.

"ރަސްކަލެއްގެ ކިބައިން އެހީއަކަށް އެދިގެން ދިއުމަކީ ﷲ ގެ މަގުން ދުރަށް ދިއުމެވެ." –ޢުމަރުގެފާނު

މީގެތެރޭގައި ދައުލަތުން އެންމެންނަށް ފޯރުކޮށްދޭ އެހީތެރިކަމެއް ނުހިމެނެއެވެ. އެފަދަ އެހީއެއް ލިބިގަތުމަކީ ވެރިމީހާގެ ކިބައިން އެހީއެއް ލިބިގަތުމެއް ނޫނެވެ. އެކަން ވާނީ އެމީހެއްގެ ޙައްޤު އެމީހަކު ލިބިގަތުން ކަމަށެވެ.

ވެރިއަކަށް ހުންނަ މީހަކު ވަކި މީހަކަށް ޚާއްޞަ ކަމެއް ކޮށްދީފިނަމަ އެކުރެވޭ ކަމަކީ އިންޞާފުން ބޭރުން ކުރެވޭ ކަމެކެވެ. އެއަރައިގަނެވެނީ އެންމެހައި ރައްޔިތުންގެ ޙައްޤުތަކަށެވެ. އެހެނީ ވެރިއަކަށް ހުންނަ މީހަކަށް އޮތީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއިއެކު ހުރިހާ ކަމެއްވެސް ކޮށްދިނުމެވެ.

ދައުލަތުގެ ބައިތުލްމާލުން ބަހާތަކެތި އެކަލޭގެފާނުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއިއެކު ބެއްސެވުމުގައި ޢުމަރުގެފާނު ވަނީ ނަމޫނާ ދައްކަވައިދެއްވައިފައެވެ! ޢުމަރުގެފާނުގެ ސިޔަރަތު ކިޔައި ޢިބްރަތް ޙާޞިލުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން