ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކިއެކި ކަންކަމާއި ގުޅިގެން ﷲ ތަޢާލާގެ ޙަޟްރަތުން އެހީތެރިކަމަށް އެދިވަޑައިގެން ދަންނަވާފައިވާނެ ހުރިހާ ދުޢާތަކެއްގެ ދިގުމިން ނިކަން ޚިޔާލަށް ގެނެސް ބަލާށެވެ. ބަދުރު ހަނގުރާމައިގެ ކުރީރޭގައާއި ޠާއިފްގައި އަދި އެނޫންވެސް އެތައް ތަނެއްގައި ކުރެވެވި ދުޢާ ރޭ އަޅުކަމުގައާއި ނަމާދުތަކުގައި ކުރެއްވެވި ދުޢާތަކުގެ ދިގުމިން ނިކަން ހިތަށް އަރުވައިބަލާށެވެ! އަދި އެހެން ދުވަސްތަކުގައި ކުރެވެވި ދުޢާތައްވެސްމެއެވެ.
އެހުރިހާ ދުޢާތަކެއް އެއްކޮށްލާފައި އެއްޖުމުލައިން ދުޢާކުރެވެން އޮތް މަގެއް ބުނެދެން ހެއްޔެވެ؟ މިފަދައިން ދުޢާކުރާށެވެ!
"ޔާ ﷲ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އިނބަ ﷲ ގެ ޙަޟްރަތުން އެދިވަޑައިގެންނެވި އެންމެހައި ކަންކަން މިއަޅާއަށް މިންވަރުކުރައްވަވާނދޭވެ! އަދި އެކަންކަމުން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެންނެވި ހުރިހާ ކަމަކުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ!" އާމީން
މިމޭރުމުން ދުޢާކުރައްވަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އަނބިކަނބަލުން ޢާއިޝަތުގެފާނަށް އުނގަންނަވައި ދެއްވަވައިފައެވެ.
- އިމާމް ޢުމަރު ސުލައިމާން