ޢަލީ އިޙްޞާން ފިރާޤް
ޚައިބަރު ހަނގުރާމައަށް ފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ޞަފިއްޔާ ބިންތި ޙުޔައްޔު ރަޟިޔަﷲ ޢަންހާއާ ކާވެނިފުޅު ބައްލަވައިގެންނެވިއެވެ. ޚައިބަރު ހަނގުރާމައިގައި ޞަފިއްޔަތުގެފާނުގެ ފިރިމީހާ އާއި ގާތްތިމާގެ އެތައް ބަޔަކުވަނީ މުސްލިމުން ޤަތުލުކޮށްފައެވެ. އެހެންކަމުން ފަހަރެއްގައި އެކަމަނާގެ ފަރާތްޕުޅުން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ގެއްލުމެއް ލިބިވަޑައިގެންފާނެ ކަމަށްޓަކައި أبو أيّوب الأنصاري رضى اللّـه عنــه ފޭލިގެކޮޅުގެ ބޭރުގައި ފޯރިއަށް ހުންނެވިއެވެ. ކަނޑިކޮޅު ހިއްޕަވައިގެން ފޭލިގެކޮޅުގެ ބޭރުގައި ހެދުނުވެއްޖެއުމަށް ދާންދެން ހިންގަވަހިންގަވާ ހުންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެމަންޒަރު ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ.
[އޭ އަބޫއައްޔޫބެވެ. ކިހިނެއްވީތޯއެވެ؟]
أبو أيّوب الأنصاري رضى اللّـه عنــه ވިދާޅުވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. ޞަފިއްޔާގެ ބައްޕައާއި ފިރިމީހާއާއި ބޭބެ އާއި ގާތްތިމާގެ މީހުން ޤަތުލުވެގެން ދިޔައީ އިހަށް ދުވަހުގައެވެ. އެކަމަނާ އިސްލާމްވެވަޑައިގެންނެވިތާ އަދި މިވީ މަދު ދުވަސްކޮޅެކެވެ. އެހެންކަމުން އެކަމަނާގެ ފަރާތްޕުޅުން ކަލޭގެފާނަށް ނުރައްކަލެއް އަތުވެދާނެތީ އަޅުގަނޑު ބިރުގަތީއެވެ.]
أبو أيّوب الأنصاري رضى اللّـه عنــه ގެ މިވާހަކަތައް އަޑުއައްސަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ހިނިވަރުނަ ކުރެއްވިއެވެ. އެއަށްފަހު ދުޢާފުޅު ކުރައްވާ ވިދާޅުވިއެވެ.
[ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާ ރޭގަނޑުގެ ނިދި ނަގައިލައިފައި އަޅުގަނޑު ޙިމާޔަތްކުރަން ހުންނަވައިފިއެވެ. އިބަރަސްކަލާނގެ އޭނާ ރައްކައުތެރިކޮށްދެއްވާށިއެވެ.]
-- ޢަލީ އިޙްޞާން ފިރާޤް