ބިރުވެތިވެބަލަ!: މީހަކަށް ދިން އަނިޔާ އެނބުރި ތިމާއާ އަރާހަމަ ނުކުރާނެކަމަށް ޤަބޫލުކުރުމަކީ އެންމެ ބޮޑު މޮޔަ، ޖާހިލުން ކުރާކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބިރުވެތިވެބަލަ!: މީހަކަށް ދިން އަނިޔާ އެނބުރި ތިމާއާ އަރާހަމަ ނުކުރާނެކަމަށް ޤަބޫލުކުރުމަކީ އެންމެ ބޮޑު މޮޔަ، ޖާހިލުން ކުރާކަމެއް!: މުފްތީ މެންކް

ތިބާ ކުރާ ކޮންމެ ކަމަކީވެސް މޫނުބަލާ ލޯގަނޑެއްގެ ކުރިމަތީގައި ހުރެގެން ކުރެވޭ ކަމެއް ކަމަށް ދެކޭށެވެ! ތިބާ ޖައްސާހައި ވައްތަރެއް ޖައްސާނެއެވެ. ކުރާހައި ކަމެއް ކުރާނެއެވެ. އެކަންކަން ކުރުމުގައި އެއްވެސް ފޫހިކަމެއްވެސް ނުއަންނާނެއެވެ! 

ތިބާ އެހެން މީހުންނަށް މުޞީބާތްތައް ކުރިމަތިކުރުވާނަމަ ތިބާގެ އަމިއްލަ ދިރިއުޅުން ތިބާ އާއި މުޞީބާތްތައް ކުރިމަތިކުރުވާނެއެވެ. ތިބާ އެހެން މީހުންނަށް އަނިޔާކުރާނަމަ ތިބާއަށްވެސް ދާނީ އަނިޔާ ލިބެމުންނެވެ. ލިބެނީ ކޮން ގޮތަކުން ކޮން ސިފައެއްގައިކަންވެސް ނުއެނގިދާނެއެވެ.  

ހަމަ އެފަދައިން ތިބާ އެހެން މީހުންނާއިމެދު ހެޔޮކޮށް ހިތައި އޯގާތެރިވަމުންދާނަމަ ތިބާއަށް ވެސް ދާނީ ރަނގަޅު ގޮތްތައް މެދުވެރިވެ ހަޔާތަށް ކުރިއެރުން ލިބެމުންނެވެ. އިން ޝާ ﷲ. ވީމާ އެކަމެއް އެނބުރި ތިމާ އާއި ދިމާއަށް އައުމުން ހިތާމަކުރަންޖެހޭނެ އެއްވެސް ކަމެއް ތިމާ ނުކުރާށެވެ!  

ރަނގަޅު ނަމަވެސް ނުބައި ނަމަވެސް ތިބާކުރި ކަމެއް ތިބާ އާއި ދިމާއަށް އެނބުރި ނުއަންނާނެ ގޮތެއް ނުހެދޭނެ! ލަހުން ނަމަވެސް އަވަހަށް ނަމަވެސް އެނބުރި އައިސް ތިބާ އާއި އަރާ ހަމަކުރާނެއެވެ.  

އެކަމެއް އެނބުރި އައުމުން އުފާކުރާނެ ކަންކަން ކުރުމުގައި ދެމިހުންނާށެވެ! އެއިރުން އެމީހަކަށް ދެ ދުނިޔެވެސް ލިބިގެންދާނެއެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން