ތިބާ އާމެދު ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަންކަން ބަދަލުކުރަން އުޅެވުމަކީ ހެދޭނެ އެންމެ ބޮޑު އެއްގޯސް! މިކަންކަމަށް ވިސްނައިލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ތިބާ އާމެދު ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަންކަން ބަދަލުކުރަން އުޅެވުމަކީ ހެދޭނެ އެންމެ ބޮޑު އެއްގޯސް! މިކަންކަމަށް ވިސްނައިލާ!

ދިރިއުޅުމުގައި ހިތްދަތިކަމާއި މައްސަލތަކާއި ނުފުދިހުރި ބޭނުންތަކާއި އެހެން މީހުންގެ ޝަކުވާތައް ނެތްނަމަ ދިރިއުމަށް ކިޔަންޖެހޭނީ ތަފާތު ނަމެކެވެ. ސަބަބަކީ ދިރިއުޅުން ދިރިއުޅުމަށް ވަނީ މި ބުނި ފަދަ އެތައް ބައިވަރު ކަންތައްތަކެއް ދިރިހުރުމުގައި ހުރުމުން ކަމުގައިވާތީއެވެ.

ދެކަމެއް ޔަޤީންކުރުމުން ހުރިހާ މައްސަލަތަލކެއް ޙައްލުކުރެވޭނެއެވެ! އިން ޝާ ﷲ. އެއީ 1 ދިރިއުޅުމުގައި އަބަދުވެސް މައްސަލަތައް ކުރިމަތިވާނެކަން 2 މައްސަލަތައް ޙައްލުކޮށް ދެއްވެވޭނީ ﷲ ތަޢާލާއަށް ކަމާއި ތިމާއަށް މިހުރެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ޙައްޤުވާ ގޮތުގައިކަން. 

ތިބާ އާމެދު ﷲ ތަޢާލާގެ ނިންމެވުން ބަދަލުކުރަން ނޭދޭށެވެ!  އަދި ކޮންމެ ކަމެއްވެސް ﷲ ތަޢާލާ ހިންމަވައި ދެއްވަވާ ގޮތަށް ޝުކުރުވެރިވާށެވެ! ސަބަބުތައް މިކިޔައިދެނީއެވެ ރަނގަޅަށް އަޑުއަހާށެވެ!   

ތިބާ ކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަނީއެވެ! އެކަން ނުފުދި ލަސްވާތީ އިންތިހާއަށް އެބަ ކަންތައްވެސް ބޮޑުވެއެވެ. ޝަކުވާ ވެސް އެބަ ކުރެވެއެވެ. ވީމާ ހަމަ އެންމެ ސުވާލެއް ކޮށްލާނަމެވެ! 

އެ ސުވާލަކީ: ތިބާ ތިއަ އެދޭ ކަމަކީ ތިބާއަށް ހަމަ އެންމެ ބޮޑަށް ފައިދާ ކުރާނެ ކަންތައް ކަމާއި ތިބާ ތިއަ އެދެނީ އެކަމަކުން ތިބާއަށް އެންމެ ބޮޑަށް ފައިދާ ކުރާނެ ގޮތަށްކަން ތިބާއަށް ޔަޤީންކުރެވޭ ހެއްޔެވެ؟ 

ﷲ ތަޢާލާ ގަންދީ ބުނަމެވެ. މިއިން އެއްވެސް ކަމަކަށްޔަޤީންކަމާއިއެކު ޖަވާބު ދެވޭނެ އެއްވެސް އިންސާނަކު ނުހުންނާނެއެވެ. ލަފާކުރުން ނޫން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ދެން މި ސުވާލު ބަދަލުކުކޮށްލަންވީ ދުޢާ އަދިވެސް އިޖާބަ ނުކުރައްވަވާ ﷲ ތަޢާލާއަށެވެ. 

އެއިރުން ހަމަ ﷲ ތަޢާލާ ގަންދީ ހުވާކޮށްފައި ބުނަމެވެ. ތިބާއަށް އެންމެ މޮޅު ގޮތްވެސް، އެންމެ މޮޅު ކަންތައްވެސް އަދި އެކަންކަން ހިންމަވައި ދެއްވެވުމުން ތިބާއަށް އެންމެ ބޮޑަށް ފައިދާ ކުރާނެ ވަގުތުވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ތަޢާލާއެވެ. 

މީސްތަކުންނޭވެ. މިފަދަ މޭރުމަކުން ކުޑަ ދުވަސްކޮޅެއް ކުރިންވެސް އިރުޝާދު ދިނީމެވެ. މިރޭ ވެސް ދައްކަން މިޖެހުނީ ހަމަ ސަބަބެއް އޮތުމުންނެވެ. އެދޭ ކަންކަން ނުފުދި ލަސްވާތީ މިސްކިތް ދެކެ އެބަ ރުޅި އައުދެއެވެ. މިބުނީ ނަމާދަށް އަރަން ފޫހިވާ ވާހަކައެވެ. ކުރިން ކުރި ހެޔޮ އަމަލުތައް އެބަ ނެތިކޮށްލައެވެ. މިފަދައިން ކަންކަން މެދުވެރިވާ އެއްވެސް މީހަކު މި ކިޔައިދިން ފަދައިން ކަންކަމަށް ވިސްނައިފިނަ މާޔޫސްވާކަށް ނުޖެހޭނެއެވެ. އުފަލާއި ހިތްހަމަޖެހުން ދާނީ އިތުރުވަމުންނެވެ. އަދި އަޅުކަން ކުރެވުންވެސް ދާނީ އިތުރުވަމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން