ކޮށްލަން އޮތީ ހަމަ އެންމެ ކަމެއް!: ތިބާ ބޭނުންނަމަ މިއަދުވެސް ތިބާއަކީ ސުވަރުގެ ޙައްޤު އަޅަކަށް ވެވިދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ކޮށްލަން އޮތީ ހަމަ އެންމެ ކަމެއް!: ތިބާ ބޭނުންނަމަ މިއަދުވެސް ތިބާއަކީ ސުވަރުގެ ޙައްޤު އަޅަކަށް ވެވިދާނެ! އިން ޝާ ﷲ

ސުވަރުގެ އެދިގެން އެކަމަށް މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް ސުވަރުގެ ދެއްވަވާނެތެވެ. އެމީހަކު ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ. އެހެންކަމާއިއެކުވެސް ބައެއް މީހުންނަށް ހީކުރެވިގެން އުޅެނީ ސުވަރުގެ ވައްދަވާނީ ހަމައެކަނި އެއްވެސް ފާފައެއް ނުކުރެވޭ މީހުން ކަމަށެވެ. ހަމަހިލައި އެހެންނަކުން އެކަމެއް ނުވާނެއެވެ. އެކަމުގެ ޔަޤީންކަން މިދެނީ އަހަރެންނެއް ނޫނެވެ. އެކަމަށް ޔަޤީންކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން، ތިއަބައިމީހުން ﷲ އަށް ތައުބާ ވާށެވެ! އޭރުން ތިއަބައިމީހުންގެ ވެރިރަސްކަލާނގެ، ތިއަބައިމީހުންގެ ކިބައިން، ތިއަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިއަބައިމީހުން ވައްދަވައިފާނެތެވެ!" މިފަދައިން ﷲ ތަޢާލާ ވަޙީކުރައްވަވާފައި ވަނިކޮށް އިތުރަށް އެއްވެސް އިންސާނަކު ބުނަން އޮންނާނީ ކޮން ބަހެއް ހެއްޔެވެ؟ 

ހަމަ މިއާޔަތުގައި ﷲ ތަޢާލާ ޤިޔާމަތް ދުވަސް ސިފަކުރައްވަވާފައިވާ ގޮތް ނިކަން ދެކިބަލާށެވެ!

"ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާންވިމީހުން، ﷲ ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ." ﷲ ތައާލާ މިފަދައިން ވަޙީކުރައްވަވާފައިވާއިރު ބައަކަށް މުސްލިމުން ދެރަކޮށް ނިކަމެތިކުރަން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ޙަޤީޤަތުގައި ދެރަވެ ނިކަމެތިވާނެ ބައަކީ އެބައިމީހުންނެވެ! 

އެއުރެން ތިބޭނީ ގަދަވެގެންވާ އަނދިރިކަމުގެތެރޭގައެވެ. ދެވޭ ނުދެވޭ ދިމާއެއް ނުއެނގޭ ހާލުގައެވެ. ނަމަވެސް މުސްލިމުންނަށް ބައްތިއެއް ގެންގުޅޭކަށްވެސް ނުޖެހެއެވެ. ﷲ ތަޢާލާ ދެއްވަވާ ނޫރުފުޅުތައް ވާނީ އަހަރެމެން ވަށާލައިފައެވެ. " އެއުރެންގެ ނޫރު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ." 

މިފަދަ ހުރިހާ ނިޢްމަތްތަކެއް ލިބިގަންނަން އަހަރެމެންނަށް ކުރަން މިޖެހެނީ ހަމަ އެންމެ ކަމެކެވެ. އެއީ " ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން، އަހަރެމެން ﷲ އަށް ތައުބާ ވުމެވެ!" ތައުބާވެ

"އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވައި ދެއްވަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." މިފަދައިން މިއަދުވެސް ދުޢާކުރުން ގިނަކުރަންވީއެވެ!   

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން، ތިއަބައިމީހުން ﷲ އަށް ތައުބާ ވާށެވެ! އޭރުން ތިއަބައިމީހުންގެ ވެރިރަސްކަލާނގެ، ތިއަބައިމީހުންގެ ކިބައިން، ތިއަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިއަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާންވިމީހުން، ﷲ ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ ނޫރު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވައި ދެއްވަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (އަލް ތަޙްރީމް: 8)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން