ދެމަފިރިން އެކަކު އަނެކަކަށް އިޚްލާޞްތެރިކަމާއިއެކު ހިނިތުންވުން ގިނަކުރާނަމަ ޝައިޠޯނާ ދުރުހެލިވާނެ! ދެމީހުންނަށް އުފާވެރިކަން އިތުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދެމަފިރިން އެކަކު އަނެކަކަށް އިޚްލާޞްތެރިކަމާއިއެކު ހިނިތުންވުން ގިނަކުރާނަމަ ޝައިޠޯނާ ދުރުހެލިވާނެ! ދެމީހުންނަށް އުފާވެރިކަން އިތުރުވާނެ!

ގޮތް ބަލައިލަން ނަމަވެސް ދެމަފިރިން ނިކަން އެކަކު އަނެކަކަށް ހިނިތުންވުން ގިނަކޮށްބަލާށެވެ! މިބުނަނީ ފޭކްސްމައިލްތަކުގެ ވާހަކައެއް ނޫނެވެ. އިޚްލާޞްތެރިކަމާއިއެކު ހިނިތުންވުމުގެ ވާހަކައެވެ. ދެމަފިރިން އެކަކު އަނެކަކަށް އިޚްލާޞްތެރިކަމާއިއެކު ހިތުންވުން ގިނަކުރާނަމަ ޝައިޠޯނާ ދުރުހެލިވާނެއެވެ. އެކަމުގެ ސަބަބުން ދެމަފިރިންނަށްވެސް ދާނީ އުފާވެރިކަން އިތުރުވަމުންނެވެ. އިން ޝާ ﷲ

ހިތްހަމަނުޖެހޭ ކިތަންމެ ކުޑަކުޑަކަމެއް މެދުވެރިވިނަމަވެސް ރުޅިއައިސް މޫނުކުނިކުރަން ބުނެ ހިތްވަރުދެނީ ޝައިޠޯނާއެވެ. ވީމާ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިނަމަވެސް ހިނިތުންވެ ތިބެގެން ވާހަކަދައްކާނަމަ ޝައިޠޯނާގެ ކަރު ދާނީ އެލެމުންނެވެ. އެއީ އުފެއްދުވި ފިތުނައިން އެއްވެސް އަސަރެއް ނުކުރީތީއެވެ. 

ހިނިތުންވުމާއިމެދު އެނގޭހެއްޔެވެ؟ 

އަހަރެމްނެނަށް ހީކުރެވިފައި އޮންނަނީ މިލިއަނަރުން ނުވަތަ ބިލިއަނަރުންނަށް ވުމުން ޞަދަޤާތަށް ބޭނުން ނުވާ ކަމަށެވެ. އެއީ ކުށްހީއެކެވެ. އެމީހުންވެސް މި ޞަދަޤާތަށް ބޭނުންވެއެވެ. މި ޞަދަޤާތަށް ބޭނުން ނުވާ ހަމަ އެކަކުވެސް މިދުނިޔެއަކު ނުހުންނާނެއެވެ. އަދި މާޒީގައި އުޅެފައެއްވެސް ނުވެއެވެ. އެހައި މުހިންމު، އަދި އަގުބޮޑު ޞަދަޤާތަކީ ކޮބައިކަން އެނގެނީ މިފަދަ ޙަދީޘްފުޅުތަކުންނެވެ. 

The Prophet (peace be upon him) said, “Smiling in your brother’s face is an act of charity” (At-Tirmidhi; Declared Authentic by Al-Albani). 

ތިބާގެ ކިބައިގައި ކުޅަދާނަކަން ހުރިނަމަ ވީހައި ގިނަ މީހުން ހިނިތުން ކުރުވާށެވެ! އެނގޭހެއްޔެވެ؟ ބައެއް މީހުން ބުނާ ގޮތުން ދުނިޔޭގައި ފައިސާ ދަނީ އިތުރުވަމުންނެވެ. ނަމަވެސް ހިނިތުންވުން ދަނީ ނެތެމުންނެވެ. 

ދެމަފިރިން އެކަކު އަނެކަކަށް ކުރާ ކަމަކުން ނަމަވެސް އަނެކާގެ މޫނަށް ހިނިތުންވުން ގެނުވިއްޖެ ނަމަ އެކުރެވުނީ ވެސް ޞަދަޤާތެކެވެ! އަދި ތިބާ ހިނިތުންވުމަކީވެސް ޞަދަޤާތެކެވެ. 

ހިނިތުންވުމުގެ ހުރި މަތިވެރިކަން ނިކަން ދެކެބަލާށެވެ! ހަމްޒާގެފާނު ރިވާކުރެއްވި ގޮތުގައި ރަސޫލް () އަށްވުރެ ގިނައިން ހިނިތުންވާ އެއްވެސް މީހަކު ފެނިވަޑައިގެންފައެއް ނުވެއެވެ. ޖަރީރް ބިން ޢަބްދުﷲ (ރޢ) ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު އިސްލާމްވެވަޑައިގެންނެވި ފަހުން ހިނިތުންވެވަޑައިގެން ހުންނަވަނިކޮށް ނޫނީ ރަސޫލް () ގެ މޫނުފުޅު ފެނިފައެއް ނުވެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން