ނިދަން އޮށޯތަސް ނުނިދެނީހެއްޔެވެ؟ ނިކަން މިކަންކަން ކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ނިދަން އޮށޯތަސް ނުނިދެނީހެއްޔެވެ؟ ނިކަން މިކަންކަން ކޮށްބަލަ!

ނިދަން ބޭނުންވެގެން ނިދަން އޮށޯތް ނަމަވެސް ނިދިނައިސް ނުނިދިފައި އޮންނަން ބައެއް މީހުންނަށް އެބަޖެހެއެވެ. އެތައް ގަޑިއިރެއްވަންދެންވެސް ދެފަރާތަށް ފުރޮޅިފުރޮޅި އޮންނަން އެބަޖެހެއެވެ. މިކަން މިގޮތަށް ވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކޮންމެވެސް މީހަކާއިމެދު ހިތުގައި ހަސަދަވެރިކަން އޮތުން އެބަ ހިމެނެއެވެ. 

އެއްވެސް މީހަކާއިމެދު ހިތުގައި ހަސަދަވެރިކަން އޮތްނަމަ ގިނަ މީހުންނަށް ނިދަން އޮށޯތުމުން އެކަމުގެ ހަނދާންތައް ކުރެވޭނެއެވެ. އެކަމަށް ވިސްނޭނެއެވެ. ރަނގަޅަށް ވިސްނައިލާށެވެ. ނިނިދި އޮއްވައިވެސް އެފަދަ ކަމެއްގެ ޚިޔާލުކުރެވުމުން ސިއްސައިގެން ނުދޭހެއްޔެވެ؟ އައިސްފައިހުރި ނިދިކޮޅު ނުފިލާ ހެއްޔެވެ؟ 

ހިތުގައި އެއްވެސް މީހަކަށް ޙަސަދަވެރިކަން ނުބާއްވާށެވެ! ނިދުމުގެކުރިން އެންމެންނަށް މާފުކުރާށެވެ! ކިތަންމެ ބޮޑު ދެރައެއް ނުވަތަ ގެއްލުމެއް ދީފައި އޮތްނަމަވެސް އެމީހަކަށްވެސް މާފުކޮށްލާށެވެ. މި ދެ އާޔަތަށް ވިސްނައިލާށެވެ! އެއިރުން މާފުކުރަން ވަރަށް ފަސޭހަވާނެއެވެ. 

"އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާ ވެރިންނަށެވެ." 

"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްޞާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ."

(އާލް ޢިމްރާން: 33،34) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން