ނަމާދުކުރާއިރުވެސް ފާފަކުރެވޭނަމަ އެއީ ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ ކަމެއް! ބިރުވެތިވެ ސަމާލުކަން އިތުރުކުރަންވެސްޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ނަމާދުކުރާއިރުވެސް ފާފަކުރެވޭނަމަ އެއީ ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ ކަމެއް! ބިރުވެތިވެ ސަމާލުކަން އިތުރުކުރަންވެސްޖެހޭނެ ކަމެއް!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ!

"ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިއަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ." (އަލް ޢަންކަބޫތު: 45)

ބައެއް މީހުން ބުނެއެވެ. ތިމަންމެން ނަމާދުކުރަމެވެ. ނަމަވެސް ފާފަތަކަށް އަރައިގަނެވެނީއެވެ. އެހެންކަމަށްވާނަ އެއީ ވަރަށް ސީރިއަސް މައްސަލައެކެވެ. ކުރެވޭ ނަމާދާއިމެދު އަވަހަށް ފުންކޮށް ވިސްނަން ފަށާށެވެ! ނަމާދުގައި ޚުޝޫޢަތްތެރިވެވޭ މިންވަރާއިމެދު ވިސްނަން ފަށާށެވެ!

ﷲ ތަޢާލާ "ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެއް" ކަމަށް ވަޙީކުރައްވަވާފައި އޮތުމުން ނަމާދަކީ މުންކަރާތްތަކާއި ދުރުކޮށްދޭނެ ވަސީލަތެއްކަން މިއޮތީ އެނގޭށެވެ! ފަހަތުން މިއަންނަނީ ދުރު ނުވެވޭ ސަބަބެވެ. "އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ."

ވީމާ ނަމާދުކުރި ނަމަވެސް މުންކަރާތްތަކާއި ދުރު ނުވެވިގެން ތިއައުޅެނީ އެންމެ ބޮޑު ކަންތައް ނުކުރެވޭތީއެވެ އެއީ ﷲ ތަޢާލާ ހަނދުމަކުރުމެވެ! ނަމާދަށް އަރައި ޙަރަކާތްތަކެއް ކުރިނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ޖެހޭ މިންވަރަށް ހަނދުމަ ނުކޮށް ކުރާ ނަމާދު ނަމާދަކަށް ނުވާނެއެވެ. ނަމާދު އެކުރެވެނީ ޚުޝޫޢަތްތެރިކަމާއި ނުލައިކަމަށްވާތީއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން