ޚުޠުބާ: ﷲ ގެ މަގުގަ ޘާބިތުވެ ތިބިނަމަ ސަލާމަތްވެވޭނެ މަގެއް ދައްކަވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 3ސ
ޚުޠުބާ: ﷲ ގެ މަގުގަ ޘާބިތުވެ ތިބިނަމަ ސަލާމަތްވެވޭނެ މަގެއް ދައްކަވާނެ!

މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން سُبْحَانَهُ وَتَعَالَىއަށް ބިރުވެތިވެ، އެކަލާނގެއަށް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެކަން ދަނެ، އެކަލާނގެއަށް ތަޤްވާވެރިވާށެވެ! اللهُ سُبْحَانَهُ وَتَعَالَى ވަޙީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފަހެ، تَقْوَى ވެރިވެ، އަދި (عَمَلُ ތައް) إِصْلَاحُ ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައި ވެސް ނުމެ ވޭމެއެވެ."[1]

މުސްލިމް އަޚުންނޭވެ! މުސްލިމުންނަށްޓަކައި، މާތް ޚާއްޞަކުރައްވައިފައިވާ ދުވަސްތަކުގެ މަތީން ހަނދުމަކޮށް އެއިން ޢިބްރަތް ޙާޞިލުކުރުން ހުއްޓެވެ. އެކަލާނގެ ނިޢުމަތްތައް ހަނދުމަކޮށް އެކަލާނގެ މަންހަޖަށް ތަބާވުމަށްޓަކައެވެ. 

މުސްލިމް އަޚުންނޭވެ! މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ. ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަހެވެ. ބަނީ އިސްރާއީލު ބާގައިގެ މީހުން ސިއްރިއްޔާތުގައި މިޞްރުން ނުކުތުމުން، ފިރުޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް، مُوْسَىގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅިން ނައްތައިލުމަށްޓަކައި ނުކުތެވެ. مُوْسَىގެފާނުގެ ޤައުމުގެ މީހުންނަށް ފިރުޢައުނުގެ ބިޔަ ލަޝްކަރު ފެނުމުން އެބައިމީހުން ބުންޏެވެ. --- މާނައީ: "ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ." އެހިނދު ވަރަށް އިތުބާރާއި ޔަޤީންކަމާ އެކު، مُوْسَىގެފާނު ވިދާޅުވި ބަސްފުޅު، މާތް ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރި ރަސްކަލާނގެ ތިމަންނާއާއެކު (نَصْرُ ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ." 

ފިރުޢައުނުގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންނާ ވަރަށް ކައިރިވުމުން، މާތް مُوْسَىގެފާނަށް ވަޙީކުރެއްވީ އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށެވެ. އެ ހިނދު مُوْسَىގެފާނު އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން އެ ކަނޑުގެ މެދުން މަގުތަކެއް އުފެދުނެވެ. މާތް ވަޙީކުރައްވާފައި ވެއެވެ. --- މާނައީ: "ދެން (مُوْسَىގެފާނު ޖެއްސެވުމުން ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިން ވިއެވެ." މާތް ކަނޑު ހިއްކަވައިދެއްވުމުން ބަނީ އިސްރާއީލު ބާގައިގެ ބާރަ ޤަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ޚާއްޞަ ކުރެއްވިގެންވާ މަގުން ކަނޑު ހުރަސްކޮށް ސީނާއަށް ދިޔައެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ފަހަތުން ދިޔައެވެ. ނަމަވެސް އެ މަގުތަކުން ފިރުޢައުނުގެ ލަޝްކަރު ދަތުރުކުރާން ފެށިތަނާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އެ ކަނޑު ކުރީން އޮތް ގޮތަށް މާތް ބަދަލުކުރެއްވިއެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: فِرْعَوْن އާއި އޭނާގެ قَوْمُ ގެ މީހުން) އެ ތަނަށް ކައިރިކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ مُوْسَى ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (غَرَقُން) ސަލާމަތްކުރެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެހެން މީހުން (އެބަހީ: كَافِرُ ން) غَرَقُ ކުރެއްވީމެވެ." 

މާތްގެ އަޅުތަކުންނޭވެ! މި ފަދަ ޙާދިސާތަކުގައި، ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތައް ވެއެވެ. މީގެ އެންމެ މުހިންމު ފިލާވަޅަކީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެއަށް އީމާންވާ މީސްތަކުންނާއި، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ދެން ތިމަންރަސްކަލާނގެ رَسُوْلُންނާއި، إِيْـمَان ވި މީހުން ސަލާމަތްކުރައްވަމެވެ. ހަމަ އެ ފަދައިން، مُؤْمِنُ ން ދިންނަވައި ސަލާމަތްކުރެއްވުމަކީ، ތިމަން ރަސްކަލާނގެއަށް އޮތް حَقّ އެކެވެ." މި ފަދަ ޙާދިސާތަކުން އެނގެނީ، މުޞީބާތްތަކުން ސަލާމަތް ވެވޭނީ، އީމާންކަމާއި އިސްލާމްކަމުން ކަމެވެ. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަމެވެ. މާތް އަށް އިތުބާރުކޮށް، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަމެވެ. 

މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އެކަލާނގެއީ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން إِلَـٰهއަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން خَالِصْކުރާ حَالُ، އެކަލާނގެއަށް دُعَاءކޮށް އަޅުކަން ކުރާށެވެ!" 

މުސްލިމް އަޚުންނޭވެ! ފިރުޢައުނު ޣަރަޤުކުރެއްވި ޙާދިސާއިން އެނގެނީ، މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަމެވެ. އެ މީހުންނަށް އެ ކަމުގައި ކާމިޔާބު ނުލިބޭނެކަމެވެ. އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނެކަމެވެ. ހަމައެހެންމެ، މާތް އަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނެކަމެވެ. މާތް ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިމަން ރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް نِعْمَة ދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) إِمَامُ ން ކަމުގައި އެއުރެން ލެއްވުމަށެވެ. އަދި (فِرْعَوْنُ ގެ ވެރިކަން) ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށެވެ. އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަން ދެއްވުމަށެވެ. އަދި فِرْعَوْن އާއި، هَامَان އާއި، އެ ދެމީހުންގެ لَشْكَر އަށް، އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށް ޓަކައެވެ."[2]

މިއަދު އޮންލައިން