ޢަރުޝީގެ ހިޔާވަހިކަން ބޭނުންވާ މީހާ މިކަމަށްވެސް ސަމާލުކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ޢަރުޝީގެ ހިޔާވަހިކަން ބޭނުންވާ މީހާ މިކަމަށްވެސް ސަމާލުކަންދޭށެވެ!

އެމީހެއްގެ ހިތް މިސްކިތާއި ގުޅިފައިވާނަމަ ދެއްވަވާ މަތިވެރި ނިޢުމަތް އެނގޭހެއްޔެވެ؟ 

"ޤިޔާމަތް ދުވަހުގައި ﷲގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި އެމީހެއްގެ ހިތް މިސްކިތާއި ގުޅިފައިވާ މީހާއަށް ޢަރްޝީގެ ހިޔާވަހިކަން ލިބޭނެ ކަމަށް ރަސޫލާ  ޙަދީޘް ކުރައްވާފައިވެއެވެ. 

ހިތް މިސްކިތާއި ގުޅުމުން ގިނަގިނައިން މިސްކިތަށްދާން ބޭނުންވާނެއެވެ. މިސްކިތުގައި ގިނަ ވަޤުތު ހޭދަކުރަން ބޭނުންވާނެއެވެ. މިސްކިތަށް ޚިދުމަތްކުރަން ބޭނުންވާނެއެވެ. 

ލޮބުވެތި ކަނބަލުންގެ ހިތް ގުޅުވާލަންވީ މުސައްލައާއިއެވެ. އަޅުކަންކުރުމާއިއެވެ. 

މިކަންކަން ޙާޞިލުކުރެވޭނީ ފުރަތަމަ ކަމަކަށްވެސް އެމީހެއްގެ ހިތުގައި އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ލޯބިއުފެދިގެންނެވެ. އަޅުކަންކުރުމަށް ލޯބިއުފެދިގެންނެވެ. ނަމާދުތަކަށް ރައްކައުތެރިވާ މީހަކަށްވެވިގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން