މުސްލިމް އަޚުންނޭވެ! މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރައްވާފައިވާ މަހެކެވެ. ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަހެވެ. ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللهِ الْـمُحَرَّمُ)[1] މާނައީ: "ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ، ﷲގެ މައްސަރުކަމުގައިވާ މުޙައްރަމު މަހެވެ." މި މަސް، މާތް ﷲ ގެ ޛާތުފުޅަށް ނިސްބަތްކުރެއްވުމުން އެ މަހުގެ މާތްކަމާއި ޝަރަފުވެރިކަން އެނގެއެވެ.
މުސްލިމް އަޚުންނޭވެ! اللهُ سُبْحَانَهُ وَتَعَالَى ވަނީ އެކަލާނގެ ނަބިއްޔާގެ މައްޗަށް ޞަލަވާތާއި، ސަލާމް ލެއްވުން އެދި ދުޢާކުރުމަށް އޅަމެންނަށް އަމުރުކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، الله އާއި، އެކަލާނގެ مَلَائِكَةُ ން ނަބިއްޔާގެ މައްޗަށް صَلَوَات ލައްވަތެވެ. އޭ إِيْـمَان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صَلَوَات ލެއްވުން އެދި دُعَاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سَلَام ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!"