ބުރައަކަށް ނުވެ ވަރަށް ފަސޭހައިން އަހަރަކު 2 ޚަތިމް ކުރެވިދާނެ ގޮތެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ބުރައަކަށް ނުވެ ވަރަށް ފަސޭހައިން އަހަރަކު 2 ޚަތިމް ކުރެވިދާނެ ގޮތެއް-

ގިނަ ބައަކަށް މިއުޅެނީ އަހަރަކު އެންމެ ޚަޠިމެއްވެސް ނުކުރެވިގެންނެވެ. ރަމަމާން މަސް އައުމުން ކިޔަވާ ގިނަ ބައަކުވެސް ރަމަޟާން މަސް ނިމުމުން ކިޔެވުން ހުއްޓާލައެވެ. ވަޤުތުނުވުމުގެ މައްސަލަ ބައެއް މީހުން ފާހަގަކުރެއެވެ. އެކަމުގެ ބަހުސަކަށްދާކަށް ނެތީމެވެ. އަނެއްކައިވެސް ބަލައިލަން މިއުޅެނީ ވަޤު ނެތިވެސް ތަންކޮޅެއް ފަސޭހައިން އަހަރަކު 2 ޚަތިމް ކުރެވިދާނެ ގޮތަކަށެވެ. 

ހުކުރު ވިލޭރެއާއި ހުކުރު ދުވަހު ކީރިތި ޤުރްއާން ކިޔެވުން އިތުރުކޮށްލަން މަސައްކަތްކުރާށެވެ. މިހެން މިބުނަނީ ކީރިތި ޤުރްއާން ކިޔެވުމަކީ ކޮންމެ ދުވަހަކުވެސް  އަދި ކޮންމެ ރެއަކުވެސް ކުރަން އޮތް ކަމެއް ނަމަވެސް ހުކުރު ދުވަހު ލިބޭ ވަގުތު ގިނަވާނެތީއެވެ. ރޭގަނޑު ކިޔަވަން ނުހޭލެވޭ މީހާ ނުވަތަ ރޭގަނޑު ވަޤުތުނުވާ މީހާ ހުކުރު ދުވަހު ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރާށެވެ! 

ވީމާ އެންމެ ކުޑަމިނުން ކޮންމެ ހުކުރުވިލޭރެއާއި ހުކުރު ދުވަހުން ނަމަވެސް ޤުރްއާނުން އެންމެ ފޮތެއް ކިޔަވައިފިނަމަވެސް އަހަރަކު 2 ޚަޠިމް ކުރެވުމާއި ގާތްކުރާނެއެވެ. ކުޑަ ނަމަވެސް އިތުރު ހިތްވަރެއް ލައިފިނަމަ 2 ޚަޠިމް ނުހަނު ފަސޭހައިން ކުރެވޭނެއެވެ. ހުކުރުވިލޭރެއައި ހުކުރު ދުވަހަށް ބަހާލައިގެން ނަމަވެސް މަދުވެގެން ދުވާލަކު ފޮތެއް ކިޔަވަން ހިތްވަރުކުރާށެވެ! 

ކީރިތި ޤުރްއާން ބައިކުރައްވާފައިވަނީ 30 ފޮތަށެވެ. އެއީ ގާތްގަނޑަކަށް 30 ގަޑިއިރުގެ ކިޔެވުމެވެ. އަހަރަކީ 52 ހުކުރެވެ. ވީމާ ހަމައެކަނި ކޮންމެ ހުކުރު ދުވަހަކު ފޮތެއް ކިޔެވި ނަމަވެސް އަހަރަކު 52 ފޮތް ކިޔެވޭނެއެވެ. އެހެންވީމާ އިތުރަށް ބޭނުންވާނީ ހަމަ އެންމެ 8 ގަޑިއިރެވެ. 

"ހަމަކަށަވަރުން، ނިދުމަށްފަހު، ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ." (އަލްމުޒަންމިލް: 6) 

މިއާޔަތުގެ ތަފްސީރުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ދަމު ނަމާދުގެ ވަގުތު ކިޔެވުމުން ދެވޭ ސަމާލުކަން އިތުރުވެގެންދާނެކަމަށެވެ. ފުރިހަމައަށް ކިޔަވަން މަސައްކަތް ކުރެވޭނެ ކަމަށެވެ. އެހެންކަމުން އެކަމަށް އާދަކޮށްފި މީހަކަށް ރޭގަނޑުގެ އެ ވަގުތުގައި (ފަހު ދަންފަޅީގައި) ކިޔަވާ މީހަކަށް ކިޔެވުމުގެ ތެރޭގައި އެކަމަށް ޣަރަޤުވެވޭ ވަރަށް ކިޔެވުމުގެ ތެރެއަށް ވަދެވޭނެ ކަމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން