ފާޙިޝް ޢަމަލަށް ހުޅުވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކުރަންޖެހޭ ސަބަބު!: ހެޔޮޢަމަލުކުރާބައަކު ތިބިނަމަވެސް ފާޙިޝް ޢަމަލުތައް ކުރުން ގިނަވެއްޖެނަމަ އެބައަކު ހަލާކެވެގެން ހިނގައިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ފާޙިޝް ޢަމަލަށް ހުޅުވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކުރަންޖެހޭ ސަބަބު!: ހެޔޮޢަމަލުކުރާބައަކު ތިބިނަމަވެސް ފާޙިޝް ޢަމަލުތައް ކުރުން ގިނަވެއްޖެނަމަ އެބައަކު ހަލާކެވެގެން ހިނގައިދާނެ!

ފަށަންވީ މިޙަދީޘްފުޅުންނެވެ! 

އުއްމު ސަލަމާ ރަޟިޔަالله ޢަންހާ ރަސޫލާ ގެ ގާތުން ސުވާލު ކުރެއްވިއެވެ. "އަހަރުމެންގެ ތެރޭގައި ހެޔޮޢަމަލުކުރާ ބައަކު ތިއްބާ އަހަރުމެން ހަލާކުވެގެން ހިނގައިދާނެ ހެއްޔެވެ؟"

ޙަދީޘް ކުރެއްވި. "އާނއެކެވެ. ހަޑިމުޑުދާރު ފާޙިޝް ޢަމަލުތައް ގިނަވެއްޖެނަމައެވެ." 

سألت أم سلمة عن النبى ﷺ : أنهلك وفينا الصالحون؟ فقال ﷺ : نعم إذا كثر الخبث. 

މިއީ ހުރިހާ މުސްލިމުން ޤަބޫލުކުރާ ޙަދީޘްފުޅެކެވެ. އެކަމަކު ޢަމަލުކުރުމުގައި މިދަނީ ބޮޑުތަނުން ފޭލްވަމުންނެވެ! ފަރުދީފެންވަރާއި ޢާއިލީ ފެންވަރުގައި އަދި ވެރިކަމުގެ\ ފެންވަރުގައިވެސް މިދަނީ ދުަވހެއް ދުވަހަކަށް ފޭލްވަމުންނެވެ. މުންކަރާތް ފެތުރިފައިވާ މިންވަރު ދެނެގަނެވޭނެ ގޮތެއްވެސް ނެތެވެ.  

ތަފާތު ބޮޑެތި ބަލިތައް ފެތުރެނީއެވެ. ޢާއިލާތައް ރޫޅި ބައިބައިވަމުންދަނީއެވެ. ދަރިން ނިކަމެތިވެ ބިކަޙާލުގައި ޖެހެމުންދަނީއެވެ. މީސްތަކުން ފާފަވެރިވެ ނަރަކައާއި ކައިރިވެވެމުންދަނީއެވެ. ކުރިމަތިނުވާ މުޞީބާތެއް ނެތެވެ.  

ފާޙިޝް އަމަލުކުރާ މީހަކަށް އުފާވެރި ޒަވާޖީ ޙަޔާތެއްގައި ދިރިނުއުޅެވޭނެކަން އެނގޭއިރުވެސް ޖެހިލުންވަނީ މަދުމީހެކެވެ. ތަނަވަސްކަން ހުރި މީހުންވެސް އަދި ބުރަ އުފުލައިގެން ޙަލާލު މަސައްކަތްކޮށްގެން ހޯދާ ފައިސާކޮޅުވެސް ޙަރާމްކަންކަން ކުރަން ހޭދަކުރާއިރު ރިޒުޤް ދެއްވަވާ ފަރާތަށް ބިރުވެތިކަމެއްވެސް ނެތެވެ.  

މީސްތަކުންނޭވެ! ފާޙިޝް ޢަމަލުކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވެސް ބޮޑު ފާފައެވެ. މަރުވާހިނދުން ފެށިގެން އަލިފާނުން ޢަޛާބު ދެއްވަވާ ފާފައެކެވެ. ބިރުވެތިނުވެ ހުއްޓައި މަރުވެއްޖެނަމަ އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވީމާ އަވަހަށް ތައުބާވާށެވެ! ކައްވަޅާއި ނަރަކައިގެ ޣަދަފަދަ ޢަޛާބަށް ބިރުވެތިވަމާ ހިނގާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

 

 

 

 

 

 

މިއަދު އޮންލައިން