ބޭފުޅުންނޭ! މުއުމިނުންނަކީ އަޅުގަނޑުމެންނަކީ އިންސާނުންކަމަށް ދަންނަ މީހުން. އެހެންވީމާ އިންސާނެއް ވެއްޖިއްޔާ އެކަކުވެސް ފުރިހަމައެއްނުވާނެ. ލާހިކު ކުޅަދާނައެއްނޫން ފުރިހަމަ ވާކަށް. ތީގެތެރެއިން އެއްވެސްބޭފުޅަކުވެސް ފުރިހަމައެއްނުވާނެ. އަޅުގަނޑެއްވެސް ފުރިހަމައެއްނުވާނެ. ދުނިޔޭގަ އެކަކުވެސް ފުރިހަމައެއްނޫން.
ކޮންމެ މީހަކީވެސް ކުށްކުރެވޭނެ މީހެއް. ނަބިއްޔާ ﷺ ގެ ޙަދީޘްގާ އެއޮތީ " كُلُّ إبن آدم خَطَّاءٌ " ކޮންމެ އާދަމުގެ ދަރިޔަކީ ކުށްކުރެވޭނެ މީހެކޭ " وخيرُ الخَطَّائِينَ " ކުށްކުރާ މީހުންގެ ތެރެއިން އެންމެ ހެޔޮބަޔަކީ އެއީ ކޮންބައެއް؟ " التوابون " ތައުބާވާ މީހުން،
އެހެންވީމާ މީހަކަށް ކުށެއް ކުރެވިފާ އޮވެއްޖިއްޔާ ފާޙީޝް ނުބައި ޢަމަލެއް މީހުންގެލޯތަކަށްވެސް ނުފެންނަތަނުގާ އޭނާ އަށް ހިންގިފާ އޮވެއްޖިއްޔާ ކިހިނެއްތޯ ހަދަންޖެހެނީ؟ ﷲ މަތިން ހަނދުމަވެއްޖެ ނަމަ އެކަމުން ދުރުހެލި ވާންވީ! ކޮބާ ދަލީލަކީ؟ ދަލީލު ބައްލަވާ އާލުޢިމްރާން ސޫރަތުގާ ﷲ ވަޙީކުރައްވަނީ " وَالَّذِينَ إِذَا فَعَلُوا فَاحِشَةً " އަދި ފާޙިޝް ޢަމަލެއް ޖަރީމާއެއް ހިންގާފަވާ މީހާ " أَوْ ظَلَمُوا أَنفُسَهُمْ " ނުވަތަ އެމީހެއްގެ ނަފްސަށް އަނިޔާވެރިވެފަވާމީހުން އެމީހުންގެ ނަފްސު ތަކަށް އަނިޔާވެރިވެފަ ވަނީ ފާފަތައް ކުރުމުން ޖަރީމާތައް ހިންގުމުން ނުބައި ޢަމަލުތައް ކުރުމުން ކިހިނެއް ހަދަންޖެހެނީ؟ " ذَكَرُوا اللَّهَ " އެމީހުން ﷲ މަތިން ހަނދުމަކުރި ﷲ މަތިން ހަނދުމަކުރަންވީ " فَاسْتَغْفَرُوا لِذُنُوبِهِمْ " ދެން އެބައިމީހުން އެބައިމީހުންގެ އެފާފަތަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ފުއްސަވާ ދެއްވާތޯ ދެންނެވިއޭ "وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ " ﷲ މިއަންގަވަނީ ކާކުހެއްޔޭ ހުރީ ތިމަންރަސްކަލާނގެ ފިޔަވާ ﷲ ފިޔަވާ ފާފަތައް ޢަފޫކޮށްދޭނޭ ފާފަތައް ފުހެދެއްވާނޭ ކޮންފަރާތެއްހޭ ހުރީ؟ އެކަލާނގެ އެކަންޏޭ ހުރީ " وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا " އެމުއުމިނުން އެނުބައި ޢަމަލު ހިންގާ އަދި ހަމަ އެހެންމެ އެ ޢަމަލުތައް ކުރެވުނު މީހުން އަނިޔާ އެމީހުންގެ ނަފްސުތަކަށް ދިންމީހުން ކިހިނެއްވާން މިޖެހެނީ؟ އެކަންމަތީ ދެމިނުތިބެއްޖިއްޔާ ކިހިނެއް ވެގެންދަނީ؟ އެމީހުންނަށް ﷲ ތަޢާލާ ފާފަފުއްސަވާ ދެއްވައޭ، އެމީހުންގެ ފާފަތައް ވަރިހަމަ ކަނޑުގެ ފޮނުހާ ގިނަޔަސް މުޅި ދުނިޔޭގައި ވާހާ ވެލިހާ ގިނަޔަސް ﷲ ތަޢާލާ އެފާފަތައް އޭނާޔަށްޓަކައި ފުއްސަވާ ދެއްވާނޭ " وَهُمْ يَعْلَمُونَ " އެމީހުން ދެނެތިބެ އެކަންމަތީގާ ސާބިތު ނުވެއްޖިއްޔާ ﷲ ތަޢާލާ އެމީހުންނަށް ފުއްސަވާ ދެއްވާނޭ.
ދެން ޖެހިގެން އަންނަ އާޔަތުގާ ﷲ މިއަންގަވަނީ ކީކޭ؟ " أُولَٰئِكَ جَزَاؤُهُم " އެބައި މީހުންގެ ޖަޒާޔަކީ " مَّغْفِرَةٌ مِّن رَّبِّهِمْ" އެމީހުންގެވެރި ރައްބުގެ ޙަޟްރަތުންވާ ބޮޑުވެގެންވާ ފުއްސެވުމެކޭ " وَجَنَّات " އަދި ސުވަރުގެތަކެކޭ " تَجْرِي مِن تَحْتِهَا الْأَنْهَار " އެތަނެއްގެ ދަށުން ފެނުގެ ކޯރުތައް ރީތި މަންޒަރުތައް މިހިރަ ފެންނަނީ އެކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެ ތަކޭ " خَالِدِينَ فِيها " އެތަނުގާ އެމީހުން ދެމިތިބޭނޭ " وَنِعْمَ أَجْرُ الْعَامِلِينَ " ސުބްޙާނަﷲ ހެޔޮޢަމަލު ކުރާމީހުނަށް ހުރި ހެޔޮކަން މީގެން އެގިގެންމިދަނީ، ހެޔޮ ރަގަޅު މީހެކޭ ފާޙިޝް ކަމެއް ކުރެވުނަސް ނުބައި އެހެން ޢަމަލެއް ކުރެވުނަސް، ޚިޔާނާތެއް ވިޔަސް ވައްކަން ކުރިޔަސް ކޮންމެ ކަމެއް ކުރިޔަސް ވަކި ހިސާބަކުން ﷲ މަތިން ހަނދުމަވެގެން އެކަން ހުއްޓާލައިފިއްޔާ އެއީ ހެޔޮ ރަގަޅު މީހެކޭ ޤަޒްފް ކުރިޔަސް އޭނަ ތައުބާވީ އެއީ ހެޔޮރަގަޅު މީހެކޭ.
- ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން