އެކަލޭގެފާނާއިމެދު ނުބައިވާހަކަ ދައްކާ މީހާއަށް ޙަސަނުލް ބަސްރީ ދެއްވެވީ އަގުބޮޑު ހަދިޔާއެއް! ވިދާޅުވީ ތިއަކޮށްދެނީ މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތައް ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އެކަލޭގެފާނާއިމެދު ނުބައިވާހަކަ ދައްކާ މީހާއަށް ޙަސަނުލް ބަސްރީ ދެއްވެވީ އަގުބޮޑު ހަދިޔާއެއް! ވިދާޅުވީ ތިއަކޮށްދެނީ މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތައް ކަމަށް!

އަހުރެމެންނަށް މިވާގޮތަކީ މީހަކު ތިމާއާއިމެދު ނުބައި ވާހަކަތައް ފަތުރާނަމަ އެމީހަކުދެކެ ރުޅި އައިސް ނަފްރަތުކުރެވެނީއެވެ. ޙަސަދަވެރިވެސް ވެވެނީއެވެ. ނަމަވެސް އެއިރުން އެބަގައިލެވެނީ އޭނާގެ ސަބަބުން ތިމާއަށް ލިބެން އޮތް ވަރަށް ބޮޑު ފައިދާއެކެވެ. 

އެއްދުވަހަކު އިމާމް ޙަސަނުލް ބަޞަރީގެ ގާތަށް މީހަކު އައިސް ދެންނެވިއެވެ. 

"މިވެނި މީހަކު ކަލޭގެފާނުގެ ނުބައިވާހަކަ ވަރަށް ގިނައިން އެބަދައްކައެވެ. " 

އެހިނދު ޙަސަނުލް ބަޞަރީ ކަންތައް ކުރެއްވި ގޮތަކީ ބާޒާރަށް ވަޑައިގެން އެންމެ އަގުބޮޑު ކަދުރު ޓުކުރިއެއް ބައްލަވައިގަތެވެ. 

ޙަސަނުލް ބަޞަރީ ވިދާޅުވިއެވެ. 

"ތިބާ ތިމަންނާދެކެ ރުޅިއަރާވަރުން ތިމަންނާގެ ނުބައި ވާހަކަ ދައްކާދިނުމުގެ ސަބަބުން ތިމަންނާއަށް ހާދަބޮޑު ފައިދާއެއް ކުރެއެވެ. އެގޮތަކީ ތިބާގެ ހެޔޮކަންތައް ބަދަލުވަނީ ތިމަންނާއަށެވެ. އަދި ތިބާގެ ހެޔޮކަންތައް ހުސްވެއްޖެނަމަ ތިމަންނާގެ ފާފަތައް ތިބާއަށެވެ. މިޔަށްވުރެ ބޮޑު ހެޔޮކަމެއް މީހަކަށް ކޮށްދެވޭނެ ހެއްޔެވެ؟"

މިއަދު އޮންލައިން