ވުޟޫކުރާއިރު ކޮންމެ ގުނަވަނެއްގަ 3 ފަހަރު ފެންލާންޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ވުޟޫކުރާއިރު ކޮންމެ ގުނަވަނެއްގަ 3 ފަހަރު ފެންލާންޖެހޭނެތަ؟

ވުޟޫކުރާއިރު ކޮންމެ ގުނަވަނެއްގައި 3 ފަހަރު ފެންލާންވީ އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުގައި އެކަން އެގޮތަށް އޮތުމުންނެވެ. ވާޖިބުވެގެންވަނީ 1 ފަހަރު ފެންލުމެވެ. އެ ފަހަރު ގުނަވަނުގައި ފުރިހަމައަށް ފެންޖައްސައިފި ނަމަ ނިމުނީއެވެ. 3 ފަހަރު ފެންލާންވީ ދެވަނަ ސަބަބަކީ ގުނަވަނުގައި ފެންޖެހުނުކަން ޔަޤީންކުރުމަށެވެ.   

ސުވާލު: ވުޟޫކުރާއިރު ކޮންމެ ގުނަވަނެއްގައި 3 ފަހަރު ފެން ނުލައިފިނަމަ، ވުޟޫ ޞައްޙަވާނެތޯއެވެ؟

- ޖަވާބު: ވުޟޫ ކުރާއިރު ވާޖިބަކީ، ދޮންނަން ޖެހޭ ކޮންމެ ގުނަވަނެއްގައި 1 ފަހަރު ފެން ލުމެވެ. އަދި ފުހެން ޖެހޭ ކޮންމެތާކު 1 ފަހަރު ފުހުމެވެ. އެހެންކަމުން ކޮންމެ ގުނަވަނެއްގައި 3 ފަހަރު ފެން ނުލިކަމުގައިވިޔަސް ވުޟޫ ޞައްޙަވާނެއެވެ.  

ސުންނަތްގޮތަކީ، ދޮންނަ ގުނަވަންތަކުގައި ތިންތިންފަށް ކުޅައުމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވި އެގޮތަށް ކަންތައްތައް ކުރައްވާފައިވާތީއެވެ.

الشيخ محمد شافع

މިއަދު އޮންލައިން