ޢާންމު މުސްލިމުންގެ މަޞްލަޙަތު ހިމެނޭ ކަމެއްގައި ނަމަ ޤިޔާމަތް ދުވަހު ކުރެވޭ ސުވާލު ވަރުގަދަ ވާނެ!: ޝައިޚް ޝަފީޢު ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޢާންމު މުސްލިމުންގެ މަޞްލަޙަތު ހިމެނޭ ކަމެއްގައި ނަމަ ޤިޔާމަތް ދުވަހު ކުރެވޭ ސުވާލު ވަރުގަދަ ވާނެ!: ޝައިޚް ޝަފީޢު ޢަބްދުﷲ

"އިސްލާމްދީނާއި މުސްލިމުންގެ މަޞްލަޙަތު ކަނޑައެޅި ބަޔާންވެ ހުރި ނުރައްކަލެއްގައި ތެރެއަށް ހުށަހެޅިދާނެ ނިންމުމެއް ނިންމުމަކީ އެއްވެސް މުސްލިމަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އަދި ކިއެއް، އެއީ އެފަދަ މީހަކަށް ޙަޔާތުގައިވެސް ހެދޭނެ އެންމެ ބޮޑު ގޯސްތަކުގެ ތެރެއިން ގޯހެކެވެ. 

އިސްލާމްދީނާއި މުސްލިމުންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ފަރުވާ ކުޑަ ނުކުރާށެވެ. ކަމުގެ ހަ ފަރާތް ހަ ފަހަރު ބެލުމަށްފަހު ނޫނީ ގޮތެއް ނުނިންމާށެވެ. އަދި ނިންމާ ނިންމުކީ އެ މަޞްލަޙަތު ފުށުނާރާ ނިންމުމެއް ކަމުގައި ޔަޤީންކުރާށެވެ. 

ތިމަންނަމެންގެ އަމިއްލަ އެޖެންޑާތަކާއި އަމިއްލަ ސިޔާސީ މަޞްލަޙަތުތައް އިސްލާމްދީނާއި މުސްލިމުންގެ މަޞްލަޙަތުގެ މައްޗަށް އިސްނުކުރާށެވެ. އެއިން އައިސްދާނެ ނުރައްކަލާއި ފަސާދުގެ ޝިކާރަކައަށް ވެގެންދާނީ ހަމައެކަނި ތިބާއެއް ނޫނެވެ. ދީނާއި މުސްލިމުންނެވެ. 

ޤިޔާމަތް ދުވަހުން ތިމަންނަގެ ކޮންމެ ޢަމަލަކާއި ކޮންމެ ނިންމުމަކާ ބެހޭގޮތުން ފިލިން ފިއްޔަށް ސުވާލު ކުރެވޭނެކަން ހަނދާން ކުރާށެވެ. ކަމަކީ، ޢާންމު މުސްލިމުންގެ މަޞްލަޙަތު ހިމެނޭ ކަމެއް ނަމަ، ސުވާލު ވަރުގަދަ ވާނެއެވެ." 

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

މިއަދު އޮންލައިން