މައްސަރުކަންތައް ނުޖެހޭނެ ގޮތް ހަދަން މަސައްކަތްކުރުން: ކުރެވޭ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މައްސަރުކަންތައް ނުޖެހޭނެ ގޮތް ހަދަން މަސައްކަތްކުރުން: ކުރެވޭ ބޮޑު ފާފައެއް!

ޙައްޖު ނުވަތަ ޢުމްރާއަށް ގޮސްއުޅެނިކޮށް މައްސަރުކަންތައް ޖެހިދާނެތީ އެކަން އެގޮތަށް މެދުވެރިވިއަ ނުދިނުމަށް ބޭސްކެއުން ފަދަ ކަންކަން ކުރުމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. 

ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

"މައްސަރުކަންތައް ނުޖެހޭނެ ގޮތް ހަދަން މަސައްކަތް ނުކުރާށެވެ! ގެ ޚިލްގަތަށް ބަދަލު ގެންނަން މަސައްކަތްކުރުމަކީ ކުފްރުގެ ޢަމަލެކެވެ. ޙައްވާގެ އަންހެންދަރިން މައްސަރުކަންތައް ޖެހޭގޮތް މެދުވެރިކުރައްވާ އެދުވަސްވަރު ވަކިކަންތަކަކުން ދުރުހެލިވާން އެންގެވީ އެކަނބަލުންގެ މަޞްލަޙަތަށްޓަކައެވެ." 

އައްރޫމް ސޫރަތުގެ 30 ވަނަ އާޔަތް:   

"ފަހެ، ބާޠިލް މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަވެގެންވާ ޙާލް، ކަލޭގެފާނުގެ މޫނުފުޅު އިސްލާމްދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ." (އައްރޫމް: 30)

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިމައްސަލައިގައި މުފްތީ މެންކް ވިދާޅުވެފައިވެއެވެ. "މައްސަރު ކަންތަކަކީ އެއްވެސް އަންހެނަކު އަމިއްލައަށް ޖެހިގަންނަ ކަމެއް ނޫނެވެ. ﷲ މިންވަރުކުރައްވަވާ ކަމެކެވެ. ވީމާ ވަކިދުވަހަކު ރޯދަ ނުހިފޮދާނެތީ ނުވަތަ އެހެންވެސް އަޅުކަމެއް ނުކުރެވިދާނެތީ މައްސަރުކަންތައް ނުޖެހެން ބޭސްކެއުން ފަދަ ކަންކަން ކުރުމެއް ނެތެވެ. ﷲ ތަޢާލާ މިންވަރުކުރެއްވެވި ގޮތަކަށް ރުހިގެން ހުރުމުން އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ."

މިއަދު އޮންލައިން