ލުއިލޯނު ލުއިވަމުންގޮސް ފޯނުން ވަޤުތަށް ލިބޭ ފޯނުލޯނަކަށް ވެއްޖެއެވެ. މިބޮޑުފާފައިގައި ޖެހޭ މީހުން ދަނީ ދުވަހެއް ދުވަކަށް ގިނަވަމުންނެވެ. އެހެންކަމުން ހަނދުމަކޮށްދިނުމުގެ ގޮތުން ރިބާއަކީ ކިހައިބޮޑުފާފައެއްކަން ހުށަހަޅައިލަމެވެ.
ﷲ ތާޢާލާގެ ވަޙީބަސްފުޅުގައި އޮތީ ރިބާ އާއި ދުރުހެލިވުމަށެވެ. އަދި ރިބާއާ ދުރުހެލިވާން ބޭނުން ނޫންނަމަ ﷲ އާއި އެކަލާނގެ ރަސޫލާ (ﷺ) އާއި ހަނގުރާމަކުރަން ތައްޔާރުވާށެވެ! ރިބާ އަކީ އެހައިވެސް ނުރައްކައުތެރިކަންބޮޑު ކަމެކެވެ.
ރިބާގެ މުޢާމަލާތްކުރުމުން ވަގުތުން ވަގުތައް ﷲ ތަޢާލާގެ ކޯފާއެއް ކުރިމަތިނުވާތީ ބިރުވެތި ނުވެވުނުނަމަވެސް އެއީ ވަރަށް ބިރުހުރި ކަމެކެވެ. އެހެން އެއްވެސް ފާފައަކަށް އެފަދަ ވަރުގަދަ ވަޢީދުގެ ބަސްފުޅެއް އައިސްފައެއް ނުވެއެވެ.
މީހަކަށް ކަމެއް ދިމާވެގެން މަޖުބޫރުވެ ދެން އެހެންގޮތެއް ނެތިއްޖެ ޙާލަތުގައި އެމަޖުބޫރުކަން ފިލާވަރަށް ލޯނެއް ނަގަން ޢިލްމުވެރިން ހުއްދަކުރައްވައިފާނެއެވެ. އެޙާލަތުގައިވެސް ލޯނު ނަގަން ޖެހޭނީ ކިރިޔާ ފުދޭވަރަށެވެ. އެއިން މަންފާ ހޯދައިގެންނުވާނެއެވެ. ޙަޤީޤަތަކީ އިންޓަރެސްޓް ހިމެނޭ ލޯނެއް ނަގައިގެން ނުވާނެ ކަމެވެ.
ގުޅުންހުރި ވީޑިއޯ: