އަޅުގަނޑަކީ 5 ދަރިން ގޮވައިގެން އުޅޭ މައަކީމެވެ. ހޭލަން މަސައްކަތްކުރި ނަމަވެސް ނިދި ހަމައަށް ނުލިބޭތީ ބައެއް ރޭރޭ ހޭލެވެނީ އިރުއަރަން ވަރަށް ކައިރިވެފައި ހުއްޓައެވެ. އެހެންވެ ރަވާތިބު ސުންނަތް ނުކޮށް ފަތިސްނަމާދުކުރަން ޖެހެއެވެ. އެކަމަކު ފަތިސްނަމާދުގެ އިހުސުންނަތަކީވެސް އަޅުގަނޑު ވަރަށް ލޯބިވާ ނަމާދެކެވެ. އަޅުގަނޑަށް ޤަޟާ ކުރެވޭނެތޯއެވެ؟
ޖަވާބު:
ހޭލެވޭއިރު އިރުއަރަން ކައިރިވެފައި ހުރިނަމަ އިހުސުންނަތް ނުކޮށް ފަތިސްނަމާދުކުރާ މީހާއަށާއި އަދި މިސްކިތުގެ ޖަމާއަތަށްދާއިރު ޤަމަތްދޭން ކައިރިވެފައިވާތީ ނުވަތަ ފަތިސްނަމާދު ފަށާފައިވާތީ ފަތިސްނަމާދުގެ އިހު ސުންނަތް ނުކުރެވޭ މީހުންނަށް ފަހުން ޤަޟާ ކުރެވޭނެތޯ ގިނަ ބައަކު ސުވާލުކުރެއެވެ.
ޖަވާބަކީ ފަތިސްނަމާދުގެ އިހު ސުންނަތްވެސް، އެހެން ރަވާތިބް ސުންނަތްތައްވެސް އަދި ވިތުރިވެސް ޤަޟާ ކުރެވޭނެއެވެ. ނަމަވެސް ވަޤުތުގައި ކުރެވެން އޮވެމެ ފަހުން ޤަޟާކުރުމުގެ ނިޔަތުގައި ނުކޮށް ދޫކޮށްލައިގެންނުވާނެއެވެ.
ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ފަތިސްނަމާދުގެ އިހު ސުންނަތް ޤަޟާކުރުމަކީ އާދައަކަށް ހެދުން ހުއްދަވެގެނެއް ނުވެއެވެ. ޤަޟާކުރުން ހުއްދަވަނީ ނިދީން ނުހޭލެވުން، ހަނދާންނެތުން ފަދަ ޚާއްޞަ ޙާލަތެއް މެދުވެރިވުމުންނެވެ.
މިސާލަކަށް ޤަޟާކުރެވޭނީ ޖަމާޢަތަށް ދިއައިރު ޖަމާއަތް ފަށާތީ ކުރާނެ ވަގުތު ނުލިބުމުން، ނުވަތަ ފަހު ސުންނަތް ކުރަން ހަނދާން ނެތުން، ފަދަ މަޤްބޫލް ޢުޛުރެއް ކުރިމަތިވެއްޖެނަމައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުން ހުރި ލިޔުމެއް: