ތިމާއަށް ރޯދަ ހިފޭ ޙާލުގައި ހުރެ ޢަރަފާތު ދުވަހާއި އާޝޫރާ ދުވަހުގެ ރޯދަ ނުހިފައި ދޫކޮށްނުލާށެވެ! އެއީ ޢުޛުރެއް އޮވެގެން ނުހިފައި ދޫކޮށްލިނަމަވެސް ފަހުން ޤަޟާކުރެވޭނެ ރޯދައެއް ނޫނެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ސުންނަތުގެ ދެ ވައްތަރެއްވެއެވެ. އެއީ ސަބަބެއްވާ ސުންނަތްތަކާއި ސަބަބެއް ނުވާ ސުންނަތްތަކެވެ. ސަބަބެއްވާ ސުންނަތްތަކުގައި، ސަބަބު ފާއިތުވުމުން އެ ސުންނަތްވެސް ފާއިތުވީއެވެ. އަދި ޤަޟާކުރުމެއް ނުވެއެވެ.
އަދި ޢަރަފާތްދުވަހާއި ޢާޝޫރާދުވަހުގެ ރޯދަވެސްވަނީ އެފަދައިންނެވެ. ޢުޛުރަކާ ނުލާ މީހަކު އެދުވަހު ރޯދަ ނުހިފާ ފަސްކުރިނަމަ، ދެން އޭނާއަށް އެ ރޯދަ ޤަޟާކުރުމެއްނުވެއެވެ. އަދި ޤަޟާކުރިކަމުގައިވިޔަސް، އެއިން ފައިދާއެއް ނުކުރާނެއެވެ. އެބަހީ: ޢާޝޫރާދުވަސް ނުވަތަ ޢަރަފާތުދުވަސް ފަދައިން ފައިދާ ނުކުރާނެއެވެ.
އަދި ދަންނައެވެ. މީހަކު ޢުޛުރުވެރިވެފައިވާ ޙާލު ، މިޘާލަކަށް: ބަލިމީހުން ނުވަތަ ޙައިޟުވެރިންނާއި ނިފާސްވެރިވެފައިވާ މީހުން ، ޤަޟާކުރުމެއް ނުވެއެވެ. އެހެނީ މިކަން ޚާއްޞަވެގެންވަނީ ވަކި ދުވަހަކަށެވެ. އެދުވަސް ފާއިތުވުމުން އޭގެ ޙުކުމް ފާއިތުވާނެއެވެ.
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله
مجموع فتاوى ورسائل ابن عثيمين (20 / 43)
- މަސްދަރު: ދިސަލަފިއްޔާ