ދަރިންނާއިއެކުގައި ކުޅެން އިށީނދެލާނެ ވަޤުތު ނުހޯދާ ބެލެނިވެރިން ދަރިންނަށް އަގުބޮޑު ކުޅޭއެއްޗެތި ގަނެދިނުމުގެ ބޭނުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދަރިންނާއިއެކުގައި ކުޅެން އިށީނދެލާނެ ވަޤުތު ނުހޯދާ ބެލެނިވެރިން ދަރިންނަށް އަގުބޮޑު ކުޅޭއެއްޗެތި ގަނެދިނުމުގެ ބޭނުމެއް ނެތް!

ކޮންމެ މީހަކުވެސް ބޭނުންވަނީ އާއިލާގެ އެންމެންގެ މެދުގައި ލޯތްބާއި ގާތްކަން އިތުރުކުރުމަށެވެ. ނަމަވެސް އެކަން ޙާޞިލުކުރަން ކޮންމެހެން ކުރަންޖެހޭ އެންމެ މުހިންމު ކަންތައް ކުރުމުގައި އޮންނަނީ އިހްމާލްވެވިފައެވެ. މިބުނަނީ ޢާއިލާއަށް ދޭންޖެހޭ ވަޤުތު ނުދެވޭ ވާހަކައެވެ.

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "ދަރިންނާއިއެކުގައި ކުޅެން އިށީނދެލާނެ ވަޤުތު ނުހޯދާ މީހުން ދަރިންނަށް އަގުބޮޑު ކުޅޭއެއްޗެތި ގަނެދިނުމުގެ ބޭނުމެއް ނެތެވެ. އެއީ ކުރެވޭ ބޭކާރު ޚަރަދެކެވެ. ކިތަންމެ އަގުބޮޑު ކުޅޭސާމާނު ކިތަންމެ ގިނައިން ގަނެދިން ނަމަވެސް ކުދިންނާއިއެކު ވަޤުތު ހޭދަނުކުރާނަމަ ޢާއިލީ ގުޅުމެއް \ނުއުފެދޭނެއެވެ. ވާންޖެހޭ ވަރާއި ގާތަކަށްވެސް ލޯތްބެއް ނުވާނެއެވެ.

ހަފްތާގެ ދުވަސްތަކުގައި މަސައްކަތްކުރަންޖެހޭތީ ދުވާލު އެހާގިނަ ވަޤުތު ދަރިންނަށް ނުދެވިދާނެއެވެ. ރޭގަނޑު ދަރިން އަވަހަށް ނިންދަވަންޖެހޭތީވެސް ވަޤުތު ނުދެވިދާނެއެވެ. އެހެންކަމާއިއެކުވެސް ދަރިންނާއިއެކު ވަޤުތު ހޭދަކުރުމަކީ ތިމާ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކަނޑައަޅައިފިނަމަ ކޮންމެވެސް ވަރެއްގެ ވަޤުތުކޮޅެއް ހޯދޭނެއެވެ. އަދި ހުކުރު ދުވަހު ގިނަ ވަޤުތުވެސް ދެވޭނެއެވެ.

ޢާއިލީ ގުޅުމަށް ބެލިނަމަވެސް އެންމެ މުހިންމު ކަމަކީ ދެމަފިރިން އެކުގައި ދަރިންނާއިއެކުގައި ވަޤުތު ހޭދަކުރުމެވެ. ޢާއިލާގެ ތެރޭގައި މައްސަލަތައް ގިނަވެ ދެމަފިރިންގެ މެދުގައިވެސް މައްސަލަތައް ގިނަވެގެންދާ އެންމެ ބޮޑު ސަބަބަކީ ދެމަފިރިން އެކުގައި ވަޤުތު ހޭދަކުރެވޭވަރުމަދުވެ ދައްކަން ހުންނަ ވާހަކަތައް ނުދެކެވޭކަމެވެ.

"ޗުއްޓީ ދުވަސްތަކަކީ ޢާއިލާ އާއިއެކު ވަގުތު ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ރަނގަޅު ޢާއިލާއެއް ބިނާކުރުމަށްޓައި ޢާއިލާގެ ފަރުދުންނާއިއެކު ގިނަ ވަގުތު ހޭދަކުރާށެވެ! އެކަމުގެ ސަބަބުން ލޯތްބާއި ގާތްކަން އިތުރުވެގެންދެއެވެ." ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

މިއީ އަހަރީ ޗުއްޓީއަކާއި ގުޅިގެން

ޑރ. ޢަލީ ޒާހިރު ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިބަސްފުޅުގެ ހަނދާން އައުމިކުރަނީ މިކަމަކީ އަބަދުހެން ހަނދާން އައުކުރަންޖެހޭ ކަމަކަށްވާތީއެވެ.

މިއަދު އޮންލައިން