އެކުވެރިން ކިތަންމެ ގިނަ ނަމަވެސް ހުރިހާ އެކުވެރިން އެއްގޮތެއް ނުވާނެއެވެ. އެކުވެރިންގެ މުހިންމުކަންވެސް އެއްގޮތެއް ނުވާނެއެވެ. ވީމާ އެކުވެރިޔާއަށް ސަމާލުކަންދޭންޖެހޭ މިންވަރު ދެނެގަންނަންވާނެއެވެ. އެކަންކުރަން އެންމެ ފަސޭހަވާނީ އެކުވެރިން ދަރަޖަކުރުމުންނެވެ.
އެންމެ މުހިންމު އެކުވެރިއަކީ ތިބާއަށް ދަތިޙާލު ޖެހޭ ވަގުތު ތިބާގެ ގާތުގައި، ތިބާ ޢާއިއެކުގައި ހުރެގެން ތިބާއަށްޓަކައި ތިބާގެ ޙައްޤުގައި އަޑު އުފުލާ މީހާއެވެ. އެމީހުންނަކީ އެހެން މީހުން ތިބާ ބަލައި ނުގަންނަ އިރު ތިބާ ބަލައިގަންނަ މީހުންނެވެ. އެހެން މީހުން ތިބާ ނިކަމެތިކޮށް އެކަހެރިކޮށްލުމުން ތިބާ މަތިވެރިކުރުވަން މަސައްކަތްކުރާ މީހުންނެވެ.
މިފަދަ މީހުންނަކީ މިހާރު ދުނިޔޭގައި ވަރަށް މަދު ބައެކެވެ. އެފަދަ މީހަކު ތިބާއަށް ލިބިއްޖެ ނަމަ އެއީ ވަރަށް ބޮޑު ނިޢްމަތެކެވެ. އެފަދަ މީހަކު ލިބިއްޖެ ނަމަ އެމީހަކާއި ވަކިނުވާށެވެ! އެފަދަ މީހަކު ލިބިއްޖެ ނަމަ އެއީ ﷲ ތަޢާލާ ތިބާއަށް ދެއްވެވި ރަޙްމަތެއް ކަމުގައި ބަލާށެވެ!
=މުފްތީ މެންކްގެ ނަޞޭޙަތުގެ ބަސްކޮޅެއް