ފިރިހެނުންނަށް ކަންފަތު މުދިލުމާ އަތުގަ އުޅާއެޅުން ހުއްދަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފިރިހެނުންނަށް ކަންފަތު މުދިލުމާ އަތުގަ އުޅާއެޅުން ހުއްދަވާނެތަ؟

ފިރިހެނުންނަށް ކަންފަތުމުދިލުމާ އަތުގަ އުޅާއެޅުން ހުއްދަވާނެތަ؟ 

ކަންފަތުމުދިލުމާއި އަތުގައި އުޅާއެޅުން ފިރިހެނުންނަށް ހުއްދައެއް ނުވާނެއެވެ. އެފަދަކަންކަން ހިމެނޭނީ އަންހެނުންނާއި އެއްގޮތްވުމުގެ ޢަމަލުތަކުގެ ތެރެއިންނެވެ. ފޭރާން ލުމުގައިވެސް އަންހެނުން ފިރިހެނުންނާއި އަދި ފިރިހެނުން އަންހެނުންނާއި އެއްގޮތްވުމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެކެވެ. އެފަދަ މީހުންނަށް އެކަލާނގެވަނީ ލަޢްނަތް ލައްވަވައިފައެވެ. 

ﷲ ތަޢާލާ އެކަމަކަށް ލަޢްނަތް ލައްވަވާފައިވާ ކަންކަން ޝައިޠޯނާ ޒީނަތްތެރިކުރުމުން އެމަޅީގައި ޖެހެމުން އައިސް ފޭރާން ލައި އުޅޭ ފޮތިން އަންހެނުންނާއި ފިރިހެނުން ވަކިނުކުރެވޭ ހިސާބަށް ހިނގައްޖެއެވެ. ލާހެދުމުގެ ޑިޒައިން ނުވަތަ ފަހާފައި ހުންނަ ގޮތްވެސް މިވަނީ އެއްގޮތްވެފައެވެ. މިއީ ވަރަށް ދެރަކޮށް ހިނގަމުން އަންނަ ކަންކަމެވެ. 

ދާދި ފަހަކާއި ޖެހެންދެން ފަޓުލޫނުގެދަށަށް ގަމީސްޖެހުމަކީ ފިރިހެނުން ކުރަމުން އައިކަމެކެވެ. ނަމަވެސް އެކަންވެސް މިއަދު މިވަނީ އަންހެނުންވެސް ކުރާކަމަށްވެފައެވެ. އަންހެނުންވެސް ފަޓުލޫނާއި ގަމީސް ނުވަތަ ޓީޝާޓްވެސް ލައި ދަށަށްވެސް ޖަހަނީއެވެ. ނުއެނގިތިބެނަމަވެސް މިދެވެނީ ޝައިޠޯނާގެ މަގަށް ހެއްލެވެމުންނެވެ. ﷲ ތަޢާލާގެ ލައްނަތް ޙައްޤުވަމުންނެވެ. 

ވީމާ އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/1980/earrings-for-men

 

.

 

މިއަދު އޮންލައިން