ޢަލީ އިޙްޞާން ފިރާޤް
ހަނދާންނެތިގެން އެންޓިބަޔޮޓިކް ގަޑިއަށް ނުކެވިއްޖެނަމަ ހަނދާންވި އެންމެ އަވަހަށް ބޭސް ކާނީއެވެ. ނަމަވެސް ދެން ބޭސް ކާންވީ ވަގުތު ކައިރިވެފައިވާނަމަ މިސްވި ޑޯސޭޖްނަގާކަށް ނުޖެހޭނެއެވެ. ދެން ބޭސް ކާގަޑިއާ ދިމާކޮށްފަ ކުރިން ގަޑިން ގަޑިޔަށް ބޭސް ނެގިގޮތަށް ކުރިއަށް ގެންދާނީއެވެ.
އެންޓިބަޔޮޓިކްސްއަކީ ބެކްޓީރިއާގެ ސަބަބަބުން ޖެހޭ އިންފެކްޝަންތަކަށް ދޭ ބޭހެވެ. އެންޓިބަޔޮޓިކްސްގެ ތެރޭގައި ބެކްޓީރިއާ މަރާލާ ވައްތަރަކާއި ބެކްޓީރިއާ ގިނަވެ އިތުރުވުން ހުއްޓުވާ ވައްތަރު ހުރެއެވެ.

އަމިއްލައަށް އެންޓިބަޔޮޓިކްސް ނަގައިގެން ބޭނުން ކުރުމާއި، އެހެން މީހަކަށް ދީފައި ހުންނަ އެންޓިބަޔޮޓިކް ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. ނަހަމަ ގޮތުގައި އެންޓިބަޔޮޓިކްސް ބޭނުން ކުރުމުގެ ސަބަބުން އޭގެ ނުރައްކާ އެންމެނަށް ފޯރައެވެ. ބޭނުންނުވާ ހާލަތްތަކުގައި އެންޓިބަޔޮޓިކްސް ބޭނުންކުރުމުން ޖަރާސީމު އެންޓިބައޮޓިކަށް ނުގުޑާ ގޮތްވެއެވެ.
(މިއަދުނޫހުގެ ލިޔުނތެރިޔާ އަލީ އިޙްޞާން ފިރާޤަކީ މެޑިސިންގެ ދާއިރާއިން ރާއްޖެއިން ބޭރުގައި ތަޢްލީމް ޙާޞިލްކުރަމުން އަންނަ ދަރިވަރެކެވެ.)