ބިރުވެތިވާންޖެހޭ ކަމެއް!: މަޖަލަކަށް ނުވަތަ މީހަކު ހެއްވާލުމުގެ ބޭނުމުގަވެސް ދޮގުހަދާ މީހަކަށް ހަލާކުހުރިކަން ޙަދީޘްފުޅުން އެނގެން އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބިރުވެތިވާންޖެހޭ ކަމެއް!: މަޖަލަކަށް ނުވަތަ މީހަކު ހެއްވާލުމުގެ ބޭނުމުގަވެސް ދޮގުހަދާ މީހަކަށް ހަލާކުހުރިކަން ޙަދީޘްފުޅުން އެނގެން އެބައޮތް!

މީސްތަކުންނޭވެ! ކައިވެނިތައް ރޫޅޫމުން ފެށިގެން މުޅި ދިރިއުޅުން ހަލާކުވަމުންމިދާ އެންމެ ބޮޑު އެއް ސަބަބަކީ ދޮގުހެދުން ޢާންމުވުމެވެ. ދޮގު ހެދުމުގެ ނުބައި އާދަ އުންމަތުގައި އަށަގެންފައި މިވަނީ ވަކިވަރަކަށް ނޫނެވެ. އެކަން ޢާންމުވެފައިވާވަރުން އެއީ ފާފައެއް ކަމަށް ޤަބޫލުކުރެވޭ މީހުންވެސް ވަރަށް މަދުވެއްޖެ ކަމަށް ބުނެވިދާނެއެވެ. 

ޢާންމުކޮށް ދޮގުނުހަދާ ބައެއް މީހުންވެސް މީހުން ހެއްވާލަން ނުވަތަ މަޖަލަކަށް އެބަ ދޮގުހަދައެވެ. އެއީ ކިހައިވަރެއްގެ ކަމެއްކަމާއިމެދު ވިސްނާނުލައިތިބެއެވެ. 

"މީހުން ހެއްވާލުމުގެ ބޭނުމުގައި ނަމަވެސް ދޮގުބުނާ މީހުންނަށް ހަލާކު ހުރި" (މާނައީ އެއީ ލަޢްނަތް ލެއްވެވި ކަމެއް) ކަމަށް ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. (އަބީ ދާވޫދު 4990)  

Prophet Muhammad () said:

“Woe to the one who tells lies to make people laugh, woe to him.”

Sunan Abi Dawud 4990 Book 43, Hadith 218 

ސަމާސައަށް ވެސް، އަދި ބައަކު ހެއްވާލަން ނަމަވެސް ދޮގު ނުހަދާށެވެ! އެމީހާއަކީ ﷲ ތަޢާލާގެ ރަހްމަތުން ބޭރުވެ ބޮޑެތި މުޞީބާތްތަކެއް ކުރިމަތިވެދާނެ މީހެއްކަން މި ޙަދީޘްފުޅުން މިއޮތީ އެނގޭށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން