ޒިންމާ އަދާކުރޭ!: ހެޔޮކަންކަން ފަތުރައި ނުބައި ކަންކަން މަނާކުރަން ނުޖެހޭނެ މީހަކު ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޒިންމާ އަދާކުރޭ!: ހެޔޮކަންކަން ފަތުރައި ނުބައި ކަންކަން މަނާކުރަން ނުޖެހޭނެ މީހަކު ނުހުންނާނެ!

ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބުތަކެއްވެއެވެ. އަދި މަސްއޫލިއްޔަތުތަކެއްވެސް ވެއެވެ. އެއިގެ ތެރޭގައި އެމީހެއްގެ ކިބައިގައި ޤާބިލުކަން ހުރި މިންވަރަކުން ހެޔޮކަންކަން ފެތުރުމާއި ނުބައި ކަންކަން މަނާކުރުން ހިމެނެއެވެ. އެކަންކަން ފަށަންވީވެސް ތިމާގެ އަމިއްލަ ނަފްސުންނާއި ޢާއިލާގެތެރެއިންނެވެ. 

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމްގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒުޤް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ." (އަލްއިސްރާ: 70) 

މިއާޔަތުންވެސް އެނގިގެންދަނީ ﷲ ތަޢާލާ މީސްތަކުންނަށް ދެއްވަވާފައިވާ މަތިވެރި ދަރަޖައެވެ. ދެއްވަވާ ނިޢުމަތްތަކެވެ. ޝުކުރުވެރިވުމުގެ ގޮތުން ކުރަން އޮތްކަމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއި ﷲ ތަޢާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރުމެވެ. 

ކީރިތި ޤުރްއާނުގެ އާލްޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތުގެ މާނައިގައިވަނީ: 

"މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާން ވަމުއެވެ. ފޮތުގެ އަހުލުވެރިން އީމާން ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން އީމާންވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ ފާސިޤުންނެވެ." (އާލްޢިމްރާން: 110) 

ދެން ނިކަން ބުނެބަލާށެވެ! ހެޔޮކަންކަން ފަތުރަން މަސައްކަތްކުރުމާއި ނުބައި ކަންކަން މަނާކުރަން މަސައްކަތް ނުކޮށް ތިބެވެން އެބައޮތްހެއްޔެވެ؟ އެކަންކަން ނުކުރާނަމަ އެންމެ ހެޔޮކަންބޮޑު މިއުންމަތުގެ ތެރެއިން ތިމާއަށް ވެވޭނީ ކިހިނަކުންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން