އުނދަގުލުގަވިޔަސް އިޚްލާޞްތެރިކަމާއިއެކު ތިމާއަށް ޚިދުމަތްކުރާ މުވައްޒިފުންގެ ބޭނުންތައް ފުއްދައިދޭނަމަ ކުރާ މަސައްކަތުގަ ބަރަކާތް ލައްވަވާނެ! ލިބޭ ފައިދާ ބޮޑުތަނުން އިތުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އުނދަގުލުގަވިޔަސް އިޚްލާޞްތެރިކަމާއިއެކު ތިމާއަށް ޚިދުމަތްކުރާ މުވައްޒިފުންގެ ބޭނުންތައް ފުއްދައިދޭނަމަ ކުރާ މަސައްކަތުގަ ބަރަކާތް ލައްވަވާނެ! ލިބޭ ފައިދާ ބޮޑުތަނުން އިތުރުވާނެ!

އެކުވެރިންނޭވެ! މުވައްޒިފުންގެ ކުރިމަތީގައި ބޮޑާވެ ހަރުކަށި ނުވާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމުން މަޙްރޫމްވެދާނެ ކަމަށްޓަކައެވެ. ﷲ ވަޙީކުރައްވަވާފައި އެވަނީ "ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެން ނުވާ" ކަމަށެވެ.

" ﷲ އަށް އަޅުކަންކުރުމަށާއި އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރުމަށް" އަމުރުފުޅު ކުރައްވަވާފައި އެއިގެ ފަހަތުން މިފަދަ އަމުރުފުޅުތައް ކުރައްވަވާފައި އޮތުމުން އެކަމުގެ މުހިންމުކަން ކިތަންމެހައިވެސް ބޮޑުކަން ޤަބޫލުކުރާށެވެ!

ކިތަންމެ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މުވައްޒިފަކުނަމަވެސް ކަމަކަށް އެދިއްޖެނަމަ އަހަރެމެންގެ ތެރެއިން ތަނަވަސްކަން ލިބިގެންވާ ގިނަ ބައަކު ބަލާނީ އެކަމެއް ކޮށްނުދީވާނެ ގޮތެއް، ކޮށްނުދޭން ދެއްކޭނެ ބަހަނާއެއް އޮތްތޯއެވެ! އެކަމެއް ފަސޭހައިން ކޮށްދެނީ މަދު މީހެކެވެ.

މިއީ ވަރަށް ދެރަ ކަމެކެވެ. މުވައްޒިފުންނަކީ އެމީހާގެ ބެލުމުގެދަށުގައިވާ ބައެކެވެ. އެމީހުންނަށް ދަތިޙާލު ޖެހުމުން ކަންކަމު އެދޭނެއެވެ. ވީމާ މުވައްޒިފަކު ކަމަކު އެދިއްޖެ ނަމަ ބަލަންވީ އެކަންކޮށްނުދީވާނެ ގޮތަކަށެވެ. ކޮށްދެވޭނެ ގޮތަކަށެވެ. އެހެނީ މީސްތަކުންނަށް އެހީތެރިވެދިނުންމަތީގައި ހުންނަހައި ހިނދަކު ﷲ ތަޢާލާ އެމީހަކަށް އެހީތެރިވެވޮޑިގެންނެވުންމަތީގައި ދެމިހުންނަވާނެތެވެ. އެއިރުން އެމީހާއަށް ބަރަކާތް އިތުރުވެ ކުރާ މަސައްކަތްދާނީ ބާރަށް ކުރިއަރަމުންނެވެ.

ކީރިތި ޤުރްއާނުގެ މިއާޔަތަށްވެސް ވިސްނާށެވެ!

"ތިއަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިއަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (އައްނިސާ: 36)

އެއީ އަޅުން ހުއްދަ ޒަމާނެވެ. އެހެންކަމުން ﷲ ތައާލާ އަންގަވާފައި އެވަނީ އަޅުންނަށް ވެސް ހެޔޮކޮށް ހިތުމަށެވެ. މިޒަމާނުގައި ގެންގުޅެނީ އަޅުންނެއް ނޫނެވެ. މުވައްޒިފުންނެވެ. ނަމަވެސް ކުރަނީ އެއްކަމެކެވެ. ޞާޙިބު މީހާއަށް ޚިދުމަތް ކުރުމެވެ. ޞާޙިބު މީހާއަށް އިތުރު މަންފާ ހޯދައި ދިނުމެވެ. ލުއިފަސޭހަތައް ކޮށްދިނުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން