ވަގުތުތައް ބޭކާރުކުރުވައި ޢާއިލާއާއިއެކު ވަގުތު ހޭދަކުރަން ހުރަސްއަޅާ މީހުންނަކީ އެކުވެރިން ކަމުގަ ބެލުން- ދިރިއުޅުމުގަ އުފާވެރިކަން ނުލިބޭ އެންމެބޮޑު ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ވަގުތުތައް ބޭކާރުކުރުވައި ޢާއިލާއާއިއެކު ވަގުތު ހޭދަކުރަން ހުރަސްއަޅާ މީހުންނަކީ އެކުވެރިން ކަމުގަ ބެލުން- ދިރިއުޅުމުގަ އުފާވެރިކަން ނުލިބޭ އެންމެބޮޑު ސަބަބު!

ވަގުތުތައް ބޭކާރުކުރުވައި އަނބިދަރިންނާއެކު ވަގުތު ހޭދަކުރަން ހުރަސްއަޅާ މީހުންނަކީ އެކުވެރިން ކަމުގަ ބަލާ މީހަކަށް ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. ހަމައެގޮތަށް ފިރިމިހާއާއިއެކު ވަގުތު ހޭދަކުރަން ހުރަސްއަޅާ މީހުންނަކީ އެކުވެރިން ކަމުގަ ބަލާ މީހަކަށްވެސް އޮތީ ހަމަ މިގޮތެވެ!

ޢާއިލީ ދިރިއުޅަމަކަށް ފެށުމަށްފަހުގައި ތިމާގެ ވަޤުތުތަކުގައި ޢާއިލާގެ ޙައްޤުތަކެއްވެސް ވެއެވެ. އެ ޙައްޤުތައް އަދާކުރަންޖެހޭނެ އެވެ. އަދާނުކުރާނަމަ ދިރިއުޅުމުގައި ޖެހޭ މައްސަލަތައް ގިނަވާނެއެވެ. ޢާއިލީ ގުޅުންތައް ކެނޑިގެންދާނެއެވެ.

ރަޙްމަތްތެރިންނަށް ވަގުތު ދޭން ޖެހޭނީ ކުރަންޖެހޭ އަޅުކަންތައްތައް ފުރިހަމަކުރުމާއިއެކު އަދި ޢާއިލީ ޒިންމާވެސް އުފުލުމަށްފަހު ވަގުތު އޮތް ނަމައެވެ. އެހެނީ ޢާއިލީ ޒިންމާ އުފުލުމަކީވެސް އަދާކުރަންޖެހޭ ވާޖިބެކެވެ. ޢައިލީ ޒިންމާ ކަމުގައި ބަލަންޖެހޭނީ ހަމައެކަނި އަނބިދަރިންނެއްވެސް ނޫނެވެ. މައިންބަފައިންނާއި ރަޙިމުގެ ގުޅުން އޮތް އެންމެންނެވެ.

މިބަޔާންކުރި ކަންކަމަށް ވަގުތު ނުދީ ހުރަސްއަޅާ އެއްވެސް މީހަކީ ތިބާއަށް އެއްވެސް ވަރަކަށް ހެޔޮ އެދޭ މީހެއް ނޫނެވެ. އެހެނީ އޭނާ ބާރު އެ އަޅަނީ ތިބާ އާއި ﷲ ތައާލާ މަތިކުރައްވަވާފައިވާ ޒިންމާތައް އަދާކުރުމަށެވެ! ތިބާއަށް ސުވަރުގެ ދެވެން ހުރި މަގުތައް ބަންދުކުރުމަށެވެ! ވީމާ އެފަދަ މީހުންނަކީ އެކުވެރިން ކަމުގައި ނުބަލާށެވެ! އަވަހަށް އެމީހުންނާއި ދުރުހެލިވެ ދުނިޔެ އާއި އާޚިރަތް ލިބިގަންނަން މަސައްކަތްކުރާށެވެ!

ނަމާދު ނުކޮށް، ސުންނަތް ނުކޮށް، ޛިކްރު ނުކޮށް ކީރިތި ޤުރުއާން ނުކިޔަވައި ވަގުތުތައް ތިއަ ހޭދަކުރާ ރަޙްމަތްތެރިޔާގެ ވަރު އެނގޭ ހެއްޔެވެ؟ އެންމެ ފުދިފައި ހުންނައިރުވެސް ކަމަކު ކިޔައިފިނަމަ ހަނދާންހުރި ކަމަކަށް ނުހަދާނެއެވެ! ތަންކޮޅެއް ބޮޑު ކަމަކު ކިޔައިފިނަމަ ތިބާ ޢާއި ދުރުހެލިވާނެއެވެ! މިޒަމާނުގެ ބަހުރުވައިންނަމަ ގުޅީމަ ފޯނުވެސް ނުނގާނެއެވެ! ދެން ނިކަން ބުނެބަލާށެވެ! އޭނާއަށް ތަންކޮޅެއް ދަތި ދުވަހެއް އަތުވެއްޖެނަމަ އޭނާއަށް ތިބާ ފެންނާނެ ހެއްޔެވެ؟ އަމިއްލައަށް ފުންކޮށް ވިސްނާލުމަށްފަހު އަމިއްލައަށް ޖަވާބުދޭށެވެ!

އެކުވެރިޔާ ދިން ދައުވަތަށް ކޮފީއަށް ނުދިއުމަކުން، ނުވަތަ އެކުވެރިޔާ އާއިއެކު އެބާވަތުގެ ކަންކަމުގައި ވަގުތު ހޭދަކުރި މިންވަރު މަދުވެގެން ﷲ ތަޢާލާ ސުވާލެއް ނުކުރައްވަވާނެއެވެ! ނަމަވެސް ޢާއިލީ ޒިންމާ ނުނެގުމަކީ، އެކަމުގައި އިހްމާލްވުމަކީ ސުވާލުކުރައްވަވާނެ ކަމެކެވެ. ފައިދާހުރިގޮތް ނިންމުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން