ތިމާއަށް ކުރެވޭ ނުބައި ޢަމަލުތަކުގެ ވާހަކަ ދެއްކޭނަމަ އެވެވެނީ ޝައިޠޯނަކަށް! އެއީ މާނުރައްކާތެރިކަންބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ތިމާއަށް ކުރެވޭ ނުބައި ޢަމަލުތަކުގެ ވާހަކަ ދެއްކޭނަމަ އެވެވެނީ ޝައިޠޯނަކަށް! އެއީ މާނުރައްކާތެރިކަންބޮޑު ކަމެއް!

ހެޔޮ އަމަލުކޮށްފައިވެސް ނުބައި ޢަމަލުކޮށްފައިވެސް އިޝްތިހާރުކުރެވޭނަމަ ޝައިޠޯނާގެ މަޅީގައި ޖެހެވުނީއެވެ. ނަރަކައާއި ދިމާއަށް މިޞްރާބުޖެހުނީއެވެ. އެހެންކަމުން ކުރާ އަމަލުތައް އިޝްތިހާރުކުރަން މަސައްކަތްކުރުމަކީ ވަރަށް ބިރުހުރި ކަމެކެވެ. 

އެހެނީ އެއީ ނުބައިކަން ބޮޑުވެގެންވާ ޢަމަލެކެވެ. ތިމާއަށް ކުރެވުނީ ނުބައި އަމަލެއް ނަމަވެސް އަދި ހެޔޮ ޢަމަލެއް ނަމަވެސްމެއެވެ. 

ތިމާ ކުރާ ނުބައި އަމަލުތައް އިޝްތިހާރުކުރުމަކީ އެފަދަ އަމަލުތައް ކުރަން އެހެން މީހުންނަށް ހިތްވަރުދިނުމެވެ. އެއިރުން އެވެވެނީ ޝައިޠާނަކަށެވެ. ޝައިޠާނެ ބައިވެރިއަކަށެވެ. ވީމާ އެކަން ހިމެނިގެން އެދަނީ އެންމެ ނުބައިކަން ބޮޑު ޢަމަލުތަކުގެ ތެރޭގައެވެ. 

ދެން އޮތީ ތިމާ ކުރާ ހެޔޮ އަމަލުތަކެވެ. ތިމާ ކުރާ ހެޔޮ އަމަލުތައް އިޝްތިހާރުކުރުމަކީ ދެއްކުންތެރިކަމެވެ. އަދި އެއީ މުނާފިޤް ކަމުގެ ސިފައެކެވެ. އެހެންކަމުން އެކަންވެސް ވެގެން އެދަނީ އެންމެ ނުބައިކަން ބޮޑު އަމަލަކަށެވެ. 

މީސްތަކުންނޭވެ! ހެޔޮ އަމަލުތައް ކުރަނީ ހަމަ އެންމެ ބޭނުމަކުއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ! ސަވާބާއި ދަރުމަ ހޯދުމަށެވެ. މީސްތަކުންނަށް އެހީތެރިވެ ޞަދަޤާތް ދީ މިހަދަނީ ވެސް ހަމަ އެ ބޭނުމަގައެވެ. ﷲ ތަޢާލާ އަނގަވާފައިވަނީ ކަނައަތުން ދޭ ޞަދަޤާތް ވައަތަށްވެސް ނުއެނގޭހައި ސިއްރުން އެކަން ކުރުމަށެވެ. ވީމާ ކުރާ އެއްވެސް ހެޔޮ އަމަލެއް މީހުންނަށް އަންގައި އިޝްތިހާރު ކުރުމެއް ނެތެވެ. އެގޮތަށް އެކަން ކުރާނަމަ ލިބެން އޮތް ސަވާބާއި ދަރުމަ ގެއްލި ދެރަ ގޮތްތަކެއްވެސް މެދުވެރިވެދާނެކަމަށް ބިރުވެތިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން