ތިމާއަށް ގެއްލެން އެއްގޮތަކަށްވެސް ބޭނުންނުވާ، ގެއްލިއްޖެނަމަ ހިތާމަކުރަންޖެހޭ ބައިވެރިޔާއަށް ސިއްރުވާނެކަމަށް ބޭވަފާތެރިވެވޭ ސަބަބާ ފަޅާއަރައި ބައިވެރިޔާ ގެއްލޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ތިމާއަށް ގެއްލެން އެއްގޮތަކަށްވެސް ބޭނުންނުވާ، ގެއްލިއްޖެނަމަ ހިތާމަކުރަންޖެހޭ ބައިވެރިޔާއަށް ސިއްރުވާނެކަމަށް ބޭވަފާތެރިވެވޭ ސަބަބާ ފަޅާއަރައި ބައިވެރިޔާ ގެއްލޭ ސަބަބު-

ތިމާގެ ބައިވެރިޔާއަކީ ތަނަވަސްކަން ހުރުމުން ނުވަތަ އެނޫންވެސް ދުނިޔަވީ ސަބަބަކަށްޓަކައި ތިބާއަށް ވަރަށް މުހިންމު ބައިވެރިއަކަށްވެދާނެއެވެ. އެޙާލަތުގައި އޭނާއަށް ފަޅާޢަރައިފިނަމަ ނުވަތަ ބޭޒާރުވެއްޖެނަމަ ލިބިދާނެ ދެރައަކަށްޓަކައި އޭނާ ރުޅިއަންނަފަދަ ފާފައެއް ނުކޮށް ހުރެދާނެއެވެ.  

އެއރުން ތިބާ އެފާފަ ނުކުރަނީ ﷲ ތަޢާލާއަށް ބިރުވެތިވެގެން ކަމަކަށް ނުވާނެއެވެ. ވާނީ ބައިވެރިޔާއަށް ބިރުން ފާފަނުކުރާ ކަމަށެވެ. އެކަމުން އެނގެނީ ތިބާ ބިރުވެތިވަނީ ﷲ ތަޢާލާއަށް ނޫންކަމާއި ބިރުގަންނަނީ ބައިވެރިޔާދެކެ ކަމެވެ.  

ނަތީޖާއަކަށްވަނީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އޮތީ ﷲ ތަޢާލާއަށް ބިރުވެތިވެގެން ކަމަށްވާތީއެވެ. ވީމާ ބިރުވެތިވާންވީ ﷲ ތަޢާލާއަށެވެ. މަސައްކަތްކުރަންވީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ.  

ދެން ބުނެލަން އޮތީ މީހަކަށް ބިރުން ފާފައެއް ނުކުރަން ހުންނަ މީހަކަށް ގިނަ ފަހަރު އޮންނާނީ ފާފަކުރެވިފައެވެ. ސަބަބަކަށްވަނީ ޝައިޠޯނާދޭ ނުބައި ވަސްވާސްތަކެވެ. އެފާފައެއް ކޮށްލިނަމަވެސް ސިއްރުކުރަން ބޭނުންވާ މީހާއަށް ރޭކައިވެސް ނުލާނެ ކަމުގެ ޔަޤީންކަން ޝައިޠޯނާ ދޭނެތީއެވެ. އެނުބައި ވަސްވާސް ޤަބޫލުކުރެވޭތީއެވެ.  

ވިސްނާށެވެ! ކުރެވޭ ފާފައެއް ސިއްރުކުރަން ޝައިޠޯނާއަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެކަމުގެވެސް އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ އަށް ކަމަށްވާތީއެވެ. މިކަމުގެ ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ.  

ބައިވެރިޔާ ގެއަށް ނުއަންނާނެކަން ޔަޤީންކުރެވޭ ވަޤުތުގައި ފާފަކުރެވެނިކޮށް ބައިވެރިޔާއަށް ގެއަށް އައުދެވި ފަޅާއަރަނީ ނުވަތަ ބޭޒާރުވަނީ މަދުންހެއްޔެވެ؟ އެވަޤުތު ގެއަށް ދާންޖެހޭ ފަދަ ސަބަބެއް ﷲ ތަޢާލާ މެދުވެރިކުރައްވަވަނީއެވެ. ގެއަށް ދިއުމުގެ ވިސްނުން ﷲ ތަޢާލާ ދެއްވަވަނީއެވެ. އެއިރުން އެކަމަށް ހުރަސްއެޅުމަކީ ޝައިޠޯނާއަށްވެސް އަދި އެއްވެސް މީހަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމެއް ވުމަށް ﷲ ތަޢާލާ އިރާދަކުރައްވަވައިފި ކޮންމެ ކަމެއް ހަމައެވަޤުތު ވެގެންދާނެއެވެ. އަހުރެމެން ވަރަށް ގިނައިން "ކުން ފަޔަކޫން" ކިޔަމުއެވެ. ނަމަވެސް މާނައަށް ވިސްނައި ނުލެވެނީއެވެ. 

ދެން ކަންކަން މިވާގޮތަކީ ބޭޒާރުނުވާނެކަމަށް ޝައިޠޯނާ ދިން ޔަޤީންކަމުގައި ފާފަކުރަނިކޮށް "ރެޑް ހޭންޑް"ކޮށް ހިފި ބޭޒާރުވަނީއެވެ. ބޭޒާރުވެ ގެއްލެން ބޭނުންނުވި ބައިވެރިޔާ ގެއްލެނީއެވެ. ވީމާ ކޮންމެ މީހަކުވެސް މިދެއްކި ވާހަކަކޮޅަށް ވިސްނައި ﷲ ތަޢާލާއަށް ބިރުވެތިވުން އިސްކުރާނީއެވެ. ބައިވެރިޔާ ނުގެއްލޭނީވެސް އެހެން ކަންކަން ކާމިޔާބުކުރެވޭނީވެސް އެއިރުންނެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން