ބުރުގާއެޅުމަކީ ކުރަން ފަސޭހަކަމެއްކަމަށް ބުނާ ގިނަ މީހުން އެހެން އެބުނަނީ ބުރުގާއެޅުމަކީ ކޮބައިކަން ނޭނގޭތީ!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބުރުގާއެޅުމަކީ ކުރަން ފަސޭހަކަމެއްކަމަށް ބުނާ ގިނަ މީހުން އެހެން އެބުނަނީ ބުރުގާއެޅުމަކީ ކޮބައިކަން ނޭނގޭތީ!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

ބުރުގާއެޅުމަކީ ކުރަން ފަސޭހަކަމެއްކަމަށް ބުނާ މީހުން ވަރަށް ގިނައެވެ. ނަމަވެސް އެހެން ބުނާ ގިނަ މީހުން އެހެން އެބުނަނީ އިސްލާމް ދީނުގައި ބުރުގާއެޅުމަކީ ކޮބައިކަން ނޭނގޭތީއެވެ. ހަމައެކަނި އެކަމުގެ ލަފްޒީމާނައަށް ބަލައިގެން ބަސްބުނާތީއެވެ.  

ބުރުގާ އެޅުމަކީ ބޮލުގައި ފޮތިގަނޑެއް އޮޅުން ކަމަށް ބަލައިފިނަމަ މުސްލިމުން ނޫން މީހުންވެސް އެކަންކުރެއެވެ. ވީމާ ބުރުގާ އެޅުމަކީ ބޮލުގައި ފޮތިގަނޑެއް އެޅުން ނުވަތަ ފޮތިގަނޑެއް އެލުވުމެއް ނޫނެވެ. ބުރުގާ އެޅުމަކީ ނިވާކުރަންޖެހޭ ހިސާބު ނިވާކުރަންޖެހޭ ގޮތަށް ނިވާކުރުމާއިއެކު ހިތުގެ އަޑިން އެކަމަށް އިޙްތިރާމްކުރުމެވެ.  

ފޮތިގަނޑެއް އެޅުމަކީ ކުރަންފަސޭހަ ކަމެކެވެ. ކުރަން އުނދަގޫވަނީ ފަހުން މިބުނި ކަންތަކެވެ. އެއީ އަޅައިގެން ހުރި ބުރުގާއަށް އިޙްތިރާމްކުރުމެވެ. ބުރުގާއެޅުމަކީ ކުރަން ފަސޭހަކަމެއް ނޫންކަމަށް މިބުނަނީ އެހެންވެގެންނެވެ.  

ލޮބުވެތި އުޚުތުންނޭވެ! ފުރިހަމަ މާނައިގައި ބުރުގާއަޅާށެވެ. އަޅަން އޮތްގޮތަށް އަޅާށެވެ! އަދި ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވެ ބުރުގާ އެޅިފަދައިން ދީނުގެ ހުރިހާ ކަންކަމަށްވެސް ޢަމަލުކުރަން މަސައްކަތްކުރާށެވެ.  

ބުރުގާގެ އަގު އުފުލާށެވެ! އެކަމަށްކުރަން އޮތް ކަމަކީ އަގުބޮޑުފޮތިން ބުރުގާއެޅުމެއް ނޫނެވެ. އެކަމަށް ކުރަން އޮތް ކަމަކީ ކުރާ ހުރިހާ ޢަމަލުތަކުގައިވެސް ﷲ ތަޢާލާއަށް ތެދުވެރިވުމެވެ. ބިރުވެތިވުމެވެ. އެކަންކަން ޙާޞިލުނުކުރެވިއްޖެނަމަ އެދެވެނީ ކުރިއަކަށް ނޫނެވެ. ފަހަތަށެވެ!

 

- މައްލޫމާތު: ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން